"ސްޕްލޭޝް" ގެ ރިމެކިންގެ ލީޑް ރޯލަށް ޗޭނިން ޓޭޓަމް
"ސްޕްލޭޝް" ގެ ރިމެކިންގެ ލީޑް ރޯލަށް ޗޭނިން ޓޭޓަމް

މާމެއިޑަކާއި އިންސާނަކާ ދެމެދު ހިނގާ ލޯބީގެ ހާދިސާތަކެއް ކިޔައިދޭ ފެންޓަސީ ރޮމޭންޓިކް ކޮމެޑީ "ސްޕްލޭޝް" ގެ ރިމެކިންއެއް ހަދަން ނިންމައި، ފިލްމުގެ ލީޑް ރޯލަށް ޗޭނިން ޓޭޓަމް ހަމަޖައްސައިފި އެވެ.

"ސްޕްލޭޝް" ގެ ރިމެކިންގެ ލީޑް ރޯލަށް ޗޭނިން ޓޭޓަމް
"ސްޕްލޭޝް" ގެ ރިމެކިންގެ ލީޑް ރޯލަށް ޗޭނިން ޓޭޓަމް

"ސްޕްލޭޝް" އަކީ ޓޮމް ހޭންކްސް އާއި ޑެރީލް ހަނާ ލީޑް ރޯލް ކުޅެ ޑިޒްނީން 1984 ގައި ރިލީޒް ކުރި ފިލްމެކެވެ.

މި ފިލްމްގެ ރިމެކިންއެއް ގެނެސްދޭ އިރު، ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ޗޭނިން އާ އެކު "22 ޖަމްޕް ސްޓްރީޓް " އިން ފެނިގެން ދިޔަ ބަތަލާ ޖިލިއަން ބެލް އެވެ. އޭނާ ފެނިގެން ދާނީ މާމެޑެއްގެ ރޯލުންނެވެ.

"ސްޕްލޭޝް" ގެ އޮރިޖިނަލް ފިލްމުގެ ސްކްރީންޕްލޭ އޮސްކާ އަށް ވެސް ނޮމިނޭޓްވި އެވެ. އޭގެ ސްކްރީންޕްލޭ ލިޔުނީ ލޮވެލް ގަންޒާއި ބަބްލޫ މަންޑެލްގެ އިތުރުން ބްރޫޒް ޖޭ ފްރައިޑްމަން އެވެ.

ނަމަވެސް ރިމެކިންގެ ސްކްރީންޕްލޭ ލިޔަނީ ލެވިސް ރަޔަން އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ސްޕްލޭޝް" ގެ ރިމެކިން ބެލުންތެރިންނާ ހަމައަށް އަންނާނީ ސްކްރީންޕްލޭ އަށް ގެންނަ ބޮޑެތި ބަދަލުތަކަކާ އެކުގަ އެވެ.

އެހެންވެ ފިލްމުން ޗޭނިން ފެނިގެން ދާނީ ފިރިހެން "މާމެއިޑެއް" ގެ ގޮތުގައި ކަމަށްވެ އެވެ.

އެކްޓަރެއްގެ އިތުރުން "ސްޕްލޭޝް" ގެ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ޗޭނިން ނަގާނެ އެވެ. މި ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އޮރިޖިނަލް ވެސް ޑައިރެކްޓް ކުރި ރޮން ހަވަޑް އެވެ.

"ސްޕްލޭޝް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.