02 އޯގަސްޓް 2016 - 17:24

ހެންވޭރުކޮޅުގައި ހުންނަ ގެއެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަ އަދުނާން މުހައްމަދު ވިދާޅުވީ އަލިފާން ރޯވީ ސެނަހިޔާ އަސްކަރީ ހޮސްޕިޓަލު ފުރަގަސް މަގުގައި ހުންނަ ހ. ފިލްމީސައިޑްގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ. އެކަމަކު މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލިފާންގަނޑު އެއްކޮށް ނިއްވާލުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން،" އަދުނާން ވިދާޅުވި އެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ހަވީރު 5:00 އަލިފާން ރޯވި ދެ ވަނަ ފަންގިފިލާގައި މީހުން ނޫޅޭއިރު އެ ތަން ބޭނުން ކުރަނީ ހައްޖު ޖަމާއަތަކުން ގުދަނެއްގެ ގޮތުގަ އެވެ. އެކަމަކު، އެ ތަނުގައި ކަރަންޓު ނުހުންނަ ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާގައި އެހާ ބޮޑަށް އަލިފާންގަނޑު ފެތުރިގެން ނުދިޔައަސް، ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.