މާލޭގެ ގެއެެއްގެ ފަސްވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެ
މާލޭގެ ގެއެެއްގެ ފަސްވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެ

މާލޭގެ ގެއެެއްގެ ފަސްވަނަ ބުރިން ވެއްޓި އުމުރުން ދުވަސްވީ މީހަކު މިރޭ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ ތ. ގާދިއްފުށީ، ވައިލެޓްމާގޭ ހުސެއިން މަނިކު 69، އެވެ.

މާފަންނުގައި ހުންނަ ގެ އެއްގެ މަތިން ހުސެއިން މަނިކު ވެއްޓުނު ސަބަބެއް އަދިއެއް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި، ހުސެއިން މަނިކަކީ ސިކުނޑީގައި އުނިކަން ހުންނަ މީހެކެވެ. އޭނާ ބޭސްފަރުވާ އަށް މާލެ އައިތާ އަދި ވާނީ ކުޑަ ދުވަސްކޮޅެއް ކަމަށް އާއިލާއާ ގުޅުން އޮންނަ މީހަކު ބުންޏެވެ.