ތިމަރަފުށި އާންމު ހާލަތަކަށް، އެސެސްމަންޓް ރިޕޯޓު ޑިފެންސަށް ފޮނުވައިފި
ތިމަރަފުށި އާންމު ހާލަތަކަށް، އެސެސްމަންޓް ރިޕޯޓު ޑިފެންސަށް ފޮނުވައިފި

ތ.ތިމަރަފުއްޓަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކަށް ފަހު އެ ރަށް އާންމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށް ތިމަރަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.

ތިމަރަފުށި އާންމު ހާލަތަކަށް، އެސެސްމަންޓް ރިޕޯޓު ޑިފެންސަށް ފޮނުވައިފި
ތިމަރަފުށި އާންމު ހާލަތަކަށް، އެސެސްމަންޓް ރިޕޯޓު ޑިފެންސަށް ފޮނުވައިފި

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ތިމަރަފުށީގެ 73 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ލިބުނެވެ. އަދި 10 ގެއަށް ވުރެ ގިނަ ގޭގޭގައި މީހުން ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވި އެވެ.

ތިމަރަފުށި އާންމު ހާލަތަކަށް، އެސެސްމަންޓް ރިޕޯޓު ޑިފެންސަށް ފޮނުވައިފި
ތިމަރަފުށި އާންމު ހާލަތަކަށް، އެސެސްމަންޓް ރިޕޯޓު ޑިފެންސަށް ފޮނުވައިފި

ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި އެ ރަށު މީހުންގެ ކަންބޮޑުވުމަކީ ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެތި ހަލާކުވުމެވެ.

ވިއްސާރައިގައި ތިމަރަފުށީގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި ފެން ބޮޑުވެ، ގޭގެ އަށް ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ވެސް ތިމަރަފުއްޓަށެވެ.

ތިމަރަފުށީގެ ހާލަތާ ގުޅޭ ގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ވަނީ އެސެސްމަންޓެއް ހަދައިފަ އެވެ. ޝަރީފް ވިދާޅުވީ އެސެސްމަންޓަށް ފަހު ސަރުކާރުން އެ ރަށަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޑިޒާސްޓާގެ މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ ތިމަރަފުށީގެ ހާލަތާ ގުޅޭ ގޮތުން ހެދި އެސެސްމަންޓް ޑިފެންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ. ހަމައެއާއެކު ތ. އަތޮޅުގެ ހަތަރު ރަށަކާއި އިތުރު ރަށްތަކެއްގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސެސްމަންޓްގައި ފާހަގަ ކުރީ ލިބުނު ގެއްލުންތައް ވަކިން. އަދި ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތައް ވަކިން،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެސެސްމަންޓް ހަދަމުން އަންނަ ރަށްރަށުގެ ރިޕޯޓުތައް މި ހަފުތާ ނިމުމުގެ ކުރިން ނިންމައި ޑިފެންސް މިނިސްޓްރީ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.