04 އޯގަސްޓް 2018 - 09:44

އައްޑޫ ހިތަދޫގެ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން އަދާ ކުރެއްވި މޫސާ ވަޖުދީ މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 82 އަހަރުގައި އޭނާ ނިޔާވީ އާލާކަސްފުޅާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ވަޖުދީ ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިތަދޫގެ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުގެ މަގާމުގެ އިތުރުން އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ވެސް ވަޖުދީ ވަނީ ދައުލަތުގެ މުހިއްމު މަގާމުތަކެއް އަދާކުރައްވައިފަ އެވެ.
ވަޖުދީގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހުގަ އެވެ.