އުފާވެރިކަން ގެންނަން މިއޮތީ ރަނުގެ ފުރުސަތެއް، ރަނގަޅަށް ބޭނުން ހިފާ: ޖަމީލް
އުފާވެރިކަން ގެންނަން މިއޮތީ ރަނުގެ ފުރުސަތެއް، ރަނގަޅަށް ބޭނުން ހިފާ: ޖަމީލް

ގެއްލިފައިވާ މިނިވަންކަމާއި ހައްގުތައް އަނބުރާ ހޯދުމަށް ލިބިފައި މިއޮތީ ރަނގަޅު ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ރަނގަޅު ހިފުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ގޮވާލައްވައިފި އެވެ.

އުފާވެރިކަން ގެންނަން މިއޮތީ ރަނުގެ ފުރުސަތެއް، ރަނގަޅަށް ބޭނުން ހިފާ: ޖަމީލް
އުފާވެރިކަން ގެންނަން މިއޮތީ ރަނުގެ ފުރުސަތެއް، ރަނގަޅަށް ބޭނުން ހިފާ: ޖަމީލް

ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅުއްވާ ޖަމީލް ވިދާޅުވީ ވަކި މީހަކަށް ނުވަތަ ވަކި ފިކުރަކަށް ވާތީ ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާ އެކު އަމަލު ކުރެވޭނެ ފަދަ މުޖްތަމައެއް ހޯދަން ދިވެހިން މިހާރު ތިބީ ފެންބޮވައިގެންފައި ކަމަށެވެ.

އުފާވެރިކަން ގެންނަން މިއޮތީ ރަނުގެ ފުރުސަތެއް، ރަނގަޅަށް ބޭނުން ހިފާ: ޖަމީލް
އުފާވެރިކަން ގެންނަން މިއޮތީ ރަނުގެ ފުރުސަތެއް، ރަނގަޅަށް ބޭނުން ހިފާ: ޖަމީލް

ކޮރަޕްޝަނާއި ފަސާދަ ނައްތާލައި، އަދުލު އިންސާފުގެ ބާރާއި ސަލާމަތީ ބާރުތަކަކީ އެންމެންގެ ހައްގުތަކަށް ވެސް ރައްކާތެރިވާނެ ބައެއް ކަން ކަށަވަރު ކުރަން ދިވެހިން މިއަދު ބޭނުންވެފައިވާ ކަމަށާއި އެކަމަށް ލިބިފައި މިއޮތީ ރަނުގެ ފުރުސަތެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ އުފާވެރި ރާއްޖެއެއް ހޯދެން އޮތީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ވޯޓު ދީގެން ކަމަށެވެ.

އުފާވެރިކަން ގެންނަން މިއޮތީ ރަނުގެ ފުރުސަތެއް، ރަނގަޅަށް ބޭނުން ހިފާ: ޖަމީލް
އުފާވެރިކަން ގެންނަން މިއޮތީ ރަނުގެ ފުރުސަތެއް، ރަނގަޅަށް ބޭނުން ހިފާ: ޖަމީލް

"އުފާވެރިކަމަކީ އެއްވެސް ހާލެއްގައި ޗާންސަކުން އަންނަ ކަމެއް ނޫން. އުފާވެރިކަމަކީ އެ މީހާއަށް ދިރިއުޅުމުގައި ލިބެން އޮންނަ ފުރުސަތުތައް މިނިވަންކަމާ އެކު ހޯދުމަށް ޚިޔާރު ކުރާ މަގަކުން ލިބޭ އެއްޗެއް. އެ މިނިވަންކަން ހޯދުމުގެ ފުރުސަތު މި އޮތީ އައިސްފައި،" އެމެރިކާގެ ތިން ވަނަ ރައީސް ތޯމަސް ޖެފަސަންގެ ބަސްފުޅެއް، މިސާލަކަށް ދައްކަވަމުން، ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ ކޮރަޕްޝަން ނައްތާލައި، ދިވެހިންގެ މުއްސަނދިކަމާއި މުދާވެރިކަމާއި ދައުލަތުގެ މާލިއްޔަތު ރައްކާތެރި ކުރުމާ އެކު، މުޅި ރާއްޖެއަކީ ވެސް ދިވެހިންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. އަދި ތަރައްގީއަކީ ވަކި ތަނަކަށް ވީތީ ލިބެން ޖެހޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މާލެ ތަރައްގީ ކުރައްވާ. އެކަމަކު ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން. ދިވެހި ރައްޔިތުންގެ ތައުލީމާއި ސިއްހަތަކީ ވަކި ތަނަކަށް، ވަކި ހިސާބަކަށް ނިސްބަތްވީތީ މަހްދޫދުވެ، ލިމިޓްވެގެންވާ އެއްޗަކަށް ވެގެން ނުވާނެ،" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަސައްކަތް ކުރުމާއި ޚިޔާލު ފާޅުކުރުމަކީ ކުށެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އަދި ރިޝްވަތާއި ވައްކަމަކީ ހަލާލު ކަމެއް ކަމުގައި ދެކިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު މިއަދު ރާއްޖޭގެ ހާލަތު އޮތީ، ޖަމީލް ވިދާޅުވި ގޮތުގައި، ވަކި ފިކުރަކަށް ވީތީ ހައްގުތައް ނުލިބި، މެމްބަރުންނަށް ޒިންމާ އަދާކުރަން ފުރުސަތު ނުލިބި، ނުހައްގުން އެތައް އަދަބުތަކެއް ލިބޭ ހިސާބެއްގަ އެވެ.

ޖަމީލް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވީ ސިއްހީ ފަރުވާއަކަށް ބޭރަށް ވަޑައިގެންނެވި ގޮތަށެވެ. ނައިބު ރައީސްކަމުން އޭނާ ދުރުކުރީ އިނގިރޭސިވިލާތުގައި ހުންނަވަނިކޮށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަނިޔާވެރިކަން އާންމުވެ، ރައްޔިތުންގެ އުއްމީދުތައް ފުނޑިގެންދަނީ ޑިމޮކްރަސީ އަސާސްތައް ހަނދާން ނައްތާލެވޭތީ ކަމަށެވެ. އެ އަސާސްތައް ދަމަހައްޓާ ނަމަ، ސަރުކާރުތަކުން ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީ ވުުޖޫދަށް ގެނައީ ވެސް އެ މަގްސަދުގައި ކަމަށް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ އަޅުގަނޑުމެން ގެނައީ ބްރިޖް ނޭޅިގެނެއް ވެސް ނޫން. އަދި އެ ގާނޫނު އަސާސީ ގެނައީ ޕެނަޑޯލް ގުޅަ ގަންނަން ނުލިބިގެނެއް ވެސް ނޫން. ގާނޫނު އަސާސީ ގެނައީ ރައްޔިތުންގެ ކަންކަން އިންތިޒާމް ކުރުމުގައި، ރައްޔިތުންގެ ފައިސާ އާއި ރައްޔިތުންގެ ބާރާއި މިލްކުވެރިކަން ހަމަހަމައަށް ގެނައުމުގައި ރައްޔިތުންގެ ބަސް ބުނެވޭނެ މަގު ހޯދުމަށް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިޚާބުގައި ވާދަކުރުމުގެ ކުޅަ ދާނަކަން ރައީސް ޔާމީންގެ ކިބާގައެއް ނެތެވެ. އަދި ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމުގެ ކެރުމާއި ގާބިލްކަން އެމަނިކުފާނުގެ ޓީމުގައި ނެތް ކަމަށާއި އެއީ އިދިކޮޅު ކޯލިޝަނަށް އޮތް އެންމެ ބޮޑު އުއްމީދު ކަމަށް ވެސް އަމީން ވިދާޅުވި އެވެ. ވަސީލަތްތައް މަދު ވިޔަސް، އޭނާ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި އެވަރުގެ ގާބިލްކަން އެބަހުރި ކަމަށެވެ.

"ކިތަންމެ ވަސީލަތް މަދު ކަމުގައި ވިޔަސް، ރައްޔިތުންގެ އުއްމީދާއި ރައްޔިތުންގެ ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ހުރި ކަމުގައި ވާ ނަމަ ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ހަމައަށް ވާސިލްވުމުގެ ހިތްވަރު އަޅުގަނޑުމެންގެ އެބަހުރި،" އަމީން ވިދާޅުވި އެވެ.