އިދިކޮޅު ކޯލިޝަނުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން، މިއީ ގައުމީ މަސައްކަތެއް: އިބޫ
އިދިކޮޅު ކޯލިޝަނުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން، މިއީ ގައުމީ މަސައްކަތެއް: އިބޫ

އިދިކޮޅު ކޯލިޝަނުން މިހާރު ކުރަމުން ގެންދަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި މިއީ ގައުމީ މަސައްކަތެއް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން، މިއީ ގައުމީ މަސައްކަތެއް: އިބޫ
އިދިކޮޅު ކޯލިޝަނުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން، މިއީ ގައުމީ މަސައްކަތެއް: އިބޫ

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި، ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިސްލާހީ މަސައްކަތްތަކުގައި ޖުމްހޫރީ ޕާޓީގެ ދައުރު ވަރަށް ބޮޑު ކަމަށާއި ނިމިގެންދިޔަ ހުރިހާ އިންތިޚާބެއްގެ ނަތީޖާ އިން އެކަން ސާފުވާ ކަމަށެވެ. މިއަދު ވެސް އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ އާއިލާ ވަމުން ގެންދަވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެކަމުން ވެސް އެނގެނީ މިއީ ސިޔާސީ މަސައްކަތެއް ނޫން ކަން ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން، މިއީ ގައުމީ މަސައްކަތެއް: އިބޫ
އިދިކޮޅު ކޯލިޝަނުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން، މިއީ ގައުމީ މަސައްކަތެއް: އިބޫ

"މިއަދު ފެނިގެން ދަނީ އެމަނިކުފާނު ލޯބިފުޅުވާ އަނބިކަނބަލުން އައިޝަތު ނަހުލާ މިކަމަށް ނިކުމެވަޑައިގެން އަމަލީ ގޮތުން މަސައްކަތް ފެއްޓެވި ތަން. މީގެން އަޅުގަނޑަށް ދޭހަވެގެން މިދަނީ އެމަނިކުފާނު ވެސް އަދި އަޅުގަނޑުމެން ވެސް ކުރަމުން މިގެންދަނީ ހަމައެކަނި ސިޔާސީ މަސައްކަތެއް ނޫން ކަން. އެއަށް ވުރެ ބޮޑު، ގައުމީ މަސައްކަތެއް ކަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ސިޔާސީ ކުޅިބައި އަތުރާލާއިރު ޖުމްހޫރީ ޕާޓީން "އަރާ އިންނަ ގޮޅިއަކީ ވަރަށް މުހިންމު ގޮޅިއެކެ"ވެ. އަދި ސިޔާސީ ކަންކަން ނިންމުމުގައި ޖުމްހޫރީ ޕާޓީގެ ބަހަކީ ވެސް ވަރަށް މުހިންމު ބަހެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭޕީ އަކީ އެތެރޭގެ ޑިމޮކްރަސީ އެންމެ ރަނގަޅު އެއް ޕާޓީ ކަމަށާއި ނިމިގެން ދިޔަ އެ ޕާޓީގެ ކޮންގްރެސް އިން ވެސް އެކަން ޔަގީން ވެއްޖެ ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ މިވަނީ އަޅުގަނޑުމެންގެ ގުޅިފައިވާ ކޯލިޝަންގެ ތެރޭގައި އެންމެ ކުރީ ސަފުގައި. ނަތީޖާއަކަށް ވެގެންދާނީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބުކޮށް، ނޮވެމްބަރު 17 ގައި އަޅުގަނޑުމެން ގުޅިފައިވާ ސަރުކާރެއް އެކުލަވާލުން،" އިބޫ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އުފެދުމުގެ ކުރިން ވެސް އެ ޕާޓީގެ ފިކުރަކީ ވަރަށް ޒަމާންވީ ފިކުރެއް ކަމަށް ވިދާޅުވެ، އިބޫ ވިދާޅުވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ގާސިމް ހިމެނިވަޑައިގަތް ކަމަށެވެ. އެގޮތުން އާ ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވަރަށް މުހިންމު މަސައްކަތްތަކެއް ގާސިމް ކުރެއްވި ކަމަށާއި އަދި އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ގާސިމް ހިމެނިވަޑައިގަތް ކަމަށް އިބޫ ވިދާޅުވި އެވެ.

"ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެމަނިކުފާނު ހިކުމަތާ އެކުގައި ކުރެއްވި އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް 2008 ވަނަ އަހަރު ފެނިގެން އެ ދިޔައީ. އަޅުގަނޑު ކެރި ހުރެ މިދަންނަވަނީ އެދުވަހު ޚާއްސަ މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިނުގަތް ނަމަ، އަޅުގަނޑުމެންގެ އަތުގައި މި އޮތް ފެހި ގާނޫނު އަސާސީ ވުޖޫދަށް އަންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އޭރު ނެތް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ އިސްކަމެއް މިވަގުތު ދޭން ޖެހޭނީ އިންތިޚާބުގައި ވޯޓު ލާން ތައްޔާރުވުމަށެވެ. ރީރަޖިސްޓްރޭޝަންގެ ކަންކަން ރަނގަޅަށް ކުރިއަށް ދޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އިބޫ ވިދާޅުވީ ގޮންޖެހުންތައް މަދު ނޫން ކަމަށެވެ.

އެކަމަކު ގުޅިގެން ކުރާ މަސައްކަތުން ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވި އެވެ.