އިންތިޚާބުގެ ފޭކް ނަތީޖާ ގަބޫލެއް ނުކުރަން: ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު
އިންތިޚާބުގެ ފޭކް ނަތީޖާ ގަބޫލެއް ނުކުރަން: ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު

ހަރާރޭ (އޮގަސްޓް 3) - ޒިމްބާބުވޭގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އިންތިޚާބު ރައީސް އެމާސަން ނަންގަގްވާ ކާމިޔާބު ކުރެއްވި ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރީ "ފޭކް" ނަތީޖާއެއް ކަމަށާއި އެ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް އިދިކޮޅު ލީޑަރު ނެލްސަން ޗަމިސާ ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ފޭކް ނަތީޖާ ގަބޫލެއް ނުކުރަން: ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު
އިންތިޚާބުގެ ފޭކް ނަތީޖާ ގަބޫލެއް ނުކުރަން: ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު

އިދިކޮޅު ކޯލިޝަން އެމްޑީސީގެ ލީޑަރު ޗަމިސާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިއުލާންކުރީ ވެރިފައި ނުކުރާ ފޭކް ނަތީޖާތަކެއް ކަމަށެވެ.

އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ހާމަކުރުމުން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ 80 ޕަސެންޓް މީހުން ވޯޓުލާން ނުކުތް ކަމަށެވެ.

ޒިމްބާބުވޭގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓު ގުނުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށެވެ. އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމުން ލަސްވަމުންދާތީ އެތައް ބަޔަކު ނުކުމެ ވަނީ އިހްތިޖާޖް ކޮށްފަ އެވެ.

އިންތިޚާބުގެ ދެ ވަނަ ބުރަކަށް ނުގޮސް ނަންގަގްވާ އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުލީ 4.8 މިލިއަން މީހުންގެ ތެރޭން 36،464 ވޯޓުންނެވެ. ނަތީޖާތައް ދައްކާ ގޮތުން ނަންގަގްވާ ވަނީ ވޯޓުގެ 50.8 ޕަސެންޓް ހޯއްދަވައިފަ އެވެ. ޗަމިސާ އަށް ލިބިވަޑައިގެންނެވީ 44.3 ޕަސެންޓެވެ.

ކުރީގެ ރައީސް ރޮބަޓް މުގާބޭ އެންމެ ފަހުން ވެރިކަމަށް ހޮވިވަޑައިގެންނެވީ 61 ޕަސެންޓް ވޯޓުންނެވެ. އޭރުގެ އިދިކޮޅު ލީޑަރު މޯގަން ސްވާންގިރާއީ އަށް ލިބިވަޑައިގެންނެވީ 34 ޕަސެންޓެވެ.