ހުޅުމާލޭގައި އަނެއްކާ ވެސް މާރާމާރީއެއް؛ ވަޅި ހެރީ ބޮލަށް
ހުޅުމާލޭގައި އަނެއްކާ ވެސް މާރާމާރީއެއް؛ ވަޅި ހެރީ ބޮލަށް

ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބޮލަށް ވަޅި ހަރައި ޒަޚަމްކޮށްލައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ބޮލަށް ވަޅި ހެރުމުން ޒަޚަމްވި 22 އަހަރުގެ ޒުވާނަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ ޒުވާނާ 9:30 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭނާގެ ބޮލަށް ލިބިފައިވާ ޒަހަމަށް ފަރުވާ ދެމުން އަންނަނީ. އޭނާގެ ހާލު ސީރިއަސްއެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ދެ ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. އަދި އެ ހާދިސާއަށްފަހު ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވެސް ފެށި އެވެ.