07 އޯގަސްޓް 2018 - 16:16

ޔޫރަޕުން އެތެރެކުރި ގަނޑުކޮށްފައިވާ ތަރުކާރީގެ ބާވަތްތަކެއްގައި ސިއްހަތަށް ގެއްލުން ހުރި ޖަރާސީމެއް ހުރުމުން، މިދިޔަ މަހު އެތަކެތި ބާޒާރުން ނެގި ނަމަވެސް އަދިވެސް އެ ބާވަތުގެ ތަރުކާރީ ރާއްޖެ އެތެރެކުރަމުން ދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕްގެ ބައެއް ގައުމުތަކުން އެތެރެ ކުރާ އެ ބާވަތުގެ ގަނޑުކޮށްފައިވާ ތަރުކާރީތަކުގެ ހީރާސްއަށް ބަލައި އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭ އިން މިހާރު ވަނީ ބައެއް ކަންކަން ހަމަޖައްސައިފަ އެވެ. އެގޮތުން ގަނޑުކުރި ތަރުކާރީގެ ބާވަތްތައް ޔޫރަޕުން ރާއްޖެ އެތެރެކުރެވޭނީ އެ ގައުމެއްގެ ކަމާ ބެހޭ އިދާރާއެއްގެ ސެޓްފިކެޓް ހުށަހެޅުމުންނެވެ. އެ ސެޓްފިކެޓް ހުށަނާޅާ ނަމަ އެ ތަރުކާރީގެ ރައްކާތެރިކަން ކަށަވަރުކުރަން ލެބޯރަޓަރީއެއްގެ ތަހުލީލުގެ ނަތީޖާ ހުށަހެޅިދާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެ އެވެ.
އެކަމަކު އެ ލޯޓަރީއެއް ވާން ޖެހޭނީ އެމްއެފްޑީއޭ ގަބޫލުކުރާ ތަނަކަށެވެ.