ބޮޑު އީދާ ދިމާކޮށް އެސްޓާސް އިން "ކްރޭޒީ އީދު ސޭލް" ފަށައިފި
ބޮޑު އީދާ ދިމާކޮށް އެސްޓާސް އިން "ކްރޭޒީ އީދު ސޭލް" ފަށައިފި

ބޮޑު އީދާ ދިމާކޮށް އެސްޓާސް "ކްރޭޒީ އީދު ސޭލް" ގެ ނަމުގައި ވަރަށް އަގުހެޔޮ ސޭލެއް ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި ފަރުނީޗަރާއި އިލެކްޓޯނިކް ސާމާނު އަދި ގޭތެރެއަށާއި ބަދިގެއަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައިން ބުނީ މި ސޭލްގައި އެސްޓާސް އިން ވިއްކާ ވަރަށް ގިނަ ބާވަތްތައް ހީނުކުރާހާ ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށެވެ.

އެސްޓާސް އިން ބުނީ މި ސޭލްގެ މުދާ ސްޓޮކް ހުސްވަދެން ލިބެން ހުންނާނެ ކަމަށެވެ. އެހެންވެ ލަސްނުކޮށް އަވަހަށް މުދާ ގަތުމަށް އެ ފިހާރައިން ވަނީ އެދިފަ އެވެ.

މި ސޭލްގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި ޓީވީ އާއި ސޯފާ ސެޓް، އެއާ ކޮންޑިޝަނާއި އައިސް އަލަމާރި އަދިި ބެޑް ރޫމް ސެޓު އަދި ގޮދަޑީގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

އެ ފިހާރައިން ބުނީ މި ސޭލްގައި އެސްޓާސް އޮންލައިން ޑޮޓްކޮމް މެދުވެރިކޮށް ވެސް މުދާ ގަނެވޭނެ ކަމަށެވެ.