04 އޯގަސްޓް 2018 - 07:34

ޓައިޓްލް ލަވައާ އެކު މިހާރު ފުރަތަމަ ފުރަތަމަ ޕްރޮމޯ ދައްކާލައިފައިވާ މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ދެވަނަ ސީޒަން ދައްކަން ފަށާ ތާރީހު ހާމަވެއްޖެ އެވެ.
މި ސިލްސިލާ އަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު އިންޑިއާ ފޯރަމް އިން ބުނީ ސިލްސިލާ ޕްރިމިއާ ކުރާނީ އަންނަ މަހުގެ 10 ގައި ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ސިލްސިލާ ގެނެސްދޭ ސްޓާ ޕްލަސް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިންޑިއާ ފޯރަމުން ބުނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހު ރޭގަނޑު 8:00 ގައި ސިލްސިލާގެ އާ އެޕިސޯޑެއް ބެލުންތެރިންނަށް ގެނެސް ދޭނެ ކަމަށެވެ. "ކަސޯޓީ 2" ގެ ޕްރޮމޯ ސްޓާ ޕްލަސް އިން ގެނެސްދޭތާ މިހާރު ދުވަސްކޮޅެއްޖެ އެވެ.
އެކަމަކު އަދިވެސް ސިލްސިލާގެ މުހިއްމު ރޯލްތައް ކުޅޭ ގިނަ އެކްޓަރުންނަކީ ކޮބައި ކަމެއް ކަށަވަރެއް ނުވެ އެވެ. މިހާތަނަށް ކަށަވަރުވީ ހަމައެނި ޕްރޭނާގެ ރޯލް ކުޅޭ އެރިކާ ފެނަންޑޭޒާ އެވެ. އޭނާ އެކު ސިލްސިލާގެ އެކި ކެރެކްޓާތަކުން ފެނިގެން ދާނެ ތަރިންނާ ބެހޭ ގޮތުން މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ވަރަށް ގިނަ އެވެ.
އެކްތާ އަދި ހުރީ ފައިނަލް ކާސްޓަކީ ކޮބައިކަން ހާމަކުރަން ތައްޔާރަކަށް ނޫނެވެ. ޔަގީންވާ ކަމަކީ ފުރަތަމަ ސީޒަނުގައި ފެނުނު ކާސްޓުން މި ފަހަރު ނުފެންނާނެ ކަމެވެ.
އެކްތާ ބަލާޖީ ޓެލެފިލްމް އިން ގެނެސްދޭ "ކަސޯޓީ 2" އަށް އިންތިޒާރު ކުރާ ގިނަ ބަޔަކު އެންމެ ބޮޑަށް ބަލަން ބޭނުން ވަނީ އަނޫރާގާއި މިސްޓަ ބަޖާޖް އަދި ކޮމަލިކާގެ ރޯލް ކުޅޭ ތަރިންނަކީ ކޮބައިތޯ އެވެ. މި ސިލްސިލާގެ އެންމެ މުހިއްމު ކެރެކްޓާތަކަކީ ވެސް އެއީ އެވެ.
ސްޓާ ޕްލަސް އިން "ކަސޯޓީ" ގެ ފުރަމަތަ ސީޒަން 2001-2008 އަށް ގެނެސް ދިން އިރު، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،423 އެޕިސޯޑް ދެއްކި އެވެ. ނަމަވެސް ދެވަނަ ސީޒަން ދެމިގެން ދާނީ ކިހާ މުއްދަތަކަށް ކަމެއް އަދި ނޭނގެ އެވެ.
"ކަސޯޓީ" އާ ސީޒަނެއް ގެނެސް ދޭނީ ޕްރޭނާގެ ރޯލް ކުރިން ކުޅުނު ޝްވޭތާ ތިވާރީ އާއި އަނޫގާރް ބާސޫގެ ރޯލް ކުޅުނު ސިޒާން ހާން ވަނީ ސީޒަނެއް ވަރަށް އިންތިޒާރު ކުރެވޭ ކަމަށް ބުނެ އެވެ. އަދި ބެލުންތެރިންގެ މެދުގައި އެހާ މަގުބޫލުވި ސިލްސިލާއެއްގެ ދެވަނަ ސީޒަން ބަލައި ގަންނަ ގޮތެއް ބަލަން ކެތްމަދުވެފައިވާ ކަމަށް ބުނެފައިވެ އެވެ.