01 އޯގަސްޓް 2018 - 23:53

ކަލަންޑަރުގައި ވާ ގޮތަށް، މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މި މަހު 12 ވަނަ ދުވަހަށް ވެއްޖެ ނަމަ، 19 ވަނަ ދުވަސް ވެސް ބަންދުކޮށް، ޗުއްޓީ ދިގުކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.
ސަރުކާރުގެ ތަރުޖަމާނު އިބްރާޙިމް މުއާޒް އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 19ވާ އާދިއްތަ ދުވަސް ބަންދުކުރެއްވުމަށް ރައީސް ނިންމެވީ، މުވައްޒަފުންނަށް މެދުކެނޑުމެއް ނެތި، އީދުގެ ބަންދު ދުވަސް ލިބިދިނުމަށްޓަކައި ކަމަށެވެ.
މި މަހުގެ 17 ވަނަ ދުވަހަކީ ހުކުރު ދުވަހެކެވެ. އެހެންވެ، ރައީސްގެ ނިންމެވުމާއެކު، އީދު ޗުއްޓީގެ ގޮތުގައި މިހާރު ނުވަ ދުވަސް ލިބޭނެ އެވެ. ސަރުކާރު ދެން ހުޅުވޭނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.