ފެކަލްޓީ އޮފް އާޓްސްގެ ޑީން އަކަށް އާސިމް އައްޔަންކުރައްވައިފި
ފެކަލްޓީ އޮފް އާޓްސްގެ ޑީން އަކަށް އާސިމް އައްޔަންކުރައްވައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމަށް އާސިމް އަބްދުލް ސައްތާރު މިއަދު އައްޔަންކުރައްވައިފި އެވެ.

ފެކަލްޓީ އޮފް އާޓްސްގެ ޑީން އަކަށް އާސިމް އައްޔަންކުރައްވައިފި
ފެކަލްޓީ އޮފް އާޓްސްގެ ޑީން އަކަށް އާސިމް އައްޔަންކުރައްވައިފި

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފެކަލްޓީގެ ޑީނަކަށް އައްޔަންކުރިކަމުގެ ލިޔުން އާސިމަށް ހަވާލުކޮށްދެއްވީ، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފެވެ.

އާސިމް ވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންގެ މަގާމު ވެސް 2008 އިން 2012 ވަނަ އަހަރާ ހަމައަށް އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ލެކްޗަރާއެއްގެ ގޮތުގައި ވެސް އެމްއެންޔޫގައި މަސައްކަތް ކުރައްވާފައި ވެ އެވެ.

ޔުނިވާސިޓީ ކައުންސިލްގެ މެމްބަރުކަމާއި އެކަޑެމިކް ސެނެޓާއި އެކަޑެމިކް ބޯޑުގެ މެމްބަރުކަން ވެސް އަދާކުރައްވާފައިވާ އާސިމް ޑިގްރީ ހާސިލްކުރެއްވީ ޔުނިވާސިޓީ އޮފް ސައުތު ޕެސިފިކުް އިންނެވެ. މާސްޓާސް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ އެޑިތް ކޮވަން ޔުނިވާސިޓީންނެވެ.

އާސިމް ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ރާއްޖޭގެ ބައެއް ސްކޫލުތަކުގެ އެންމެ އިސް މަގާމުތައް އަދާކުރައްވައިފަ އެވެ.