100 މީހުންނާ އެކު ވެއްޓުނު ބޯޓުން އެންމެން ސަލާމަތްވި
100 މީހުންނާ އެކު ވެއްޓުނު ބޯޓުން އެންމެން ސަލާމަތްވި

މެކްސިކޯ ސިޓީ (އޮގަސްޓް 1) - މެކްސިކޯގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޑުރަންގޯ އިން 101 މީހުންނާ އެކު ފުރި މަތިންދާ ބޯޓް ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓިއްޖެ އެވެ. ނަމަވެސް ބޯޓުން ވަނީ އެންމެން ސަލާމަތްވެފަ އެވެ.

100 މީހުންނާ އެކު ވެއްޓުނު ބޯޓުން އެންމެން ސަލާމަތްވި
100 މީހުންނާ އެކު ވެއްޓުނު ބޯޓުން އެންމެން ސަލާމަތްވި

މެކްސިކޯ ސިޓީ އަށް ދަތުރުކުރި އެމްބްރާއޭ ޖެޓުގައި 97 ޕަސިންޖަރުންނާއި ހަތަރު ކްރޫން ތިބި ކަމަށްވެ އެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. ނަމަވެސް ގާތްގަނޑަކަށް 85 މީހުން ޒަޚަމްވި ކަމަށްވެ އެވެ. ކުއްލި ހާލަތުގައި ބޯޓު ޖައްސަން އުޅެނިކޮށް ވެއްޓުނީ އެއާޕޯޓާ 10 ކިލޯ މީޓަރު ދުރަށެވެ.

މެކްސިކޯގެ ކޮމިއުނިކޭޝަން އެންޑް ޓްރާންސްޕޯޓް މިނިސްޓަރު ޖެރާޑޯ ރުއިޒް ވިދާޅުވީ ޒަޚަމްވި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި ބޯޓުގައި ރޯވި އަލިފާން ވެސް ނިއްވާލާފައިވާ ކަމަށެވެ.

"އަލިފާން ރޯވުމުގެ ކުރިން ގިނަ މީހުންނަށް ބޯޓުން ނުކުތުމަށް ފުރުސަތު ލިބުނު،" އޭނާ ވިދާޅުވި އެވެ.

ބޯޓު ވެއްޓުނު ކަމަށް އެއާޕޯޓުގެ އޮފިޝަލުން ލަފާ ކުރަނީ މޫސުން ގޯސްވުން ކަމަށެވެ.