މަހާތުމާ ގާނދީގެ ކާފަދަރިއެއް ގެދޮރު ނެތް މުސްކުޅިން ބައިތިއްބާ ތަނެއްގައި!
މަހާތުމާ ގާނދީގެ ކާފަދަރިއެއް ގެދޮރު ނެތް މުސްކުޅިން ބައިތިއްބާ ތަނެއްގައި!

އުމުރުން މިހާރު 87 އަހަރު ވެފައިވާ ކަންނޫބާއީ ރާމްދާސް ގާންދީ ކުޑައިރުގެ ދުވަސްތައް ހޭދަކުރީ އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީގެ އަރިހުގަ އެވެ. ނަމަވެސް އޭނާ އާއި އަންހެނުން ޑރ. ޝިވާ ލަކްޝްމީ، 85، އެމީހުންގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދަނީ ދިއްލީގައި ހުންނަ މުސްކުޅިން ބައިތިއްބާ ތަނެއްގަ އެވެ.

މަހާތުމާ ގާނދީގެ ކާފަދަރިއެއް ގެދޮރު ނެތް މުސްކުޅިން ބައިތިއްބާ ތަނެއްގައި!
މަހާތުމާ ގާނދީގެ ކާފަދަރިއެއް ގެދޮރު ނެތް މުސްކުޅިން ބައިތިއްބާ ތަނެއްގައި!

މި ދެމަފިރިންނަށް ދަރިއަކު ނުލިބެ އެވެ. އަދި އުމުރުގެ ބޮޑުބައި ހޭދަކުރީ އެމެރިކާގަ އެވެ. އެމެރިކާގެ މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ތައުލީމު ހާސިލުކުރުމަށް ފަހު ކަންނޫބާއީ ވަނީ ޑިފެންސް ޑިޕާޓްމަންޓްގަ އާއި ނާސާގައި ވެސް ވަޒީފާ އަދާކޮށްފަ އެވެ. އޭނާގެ އަންހެނުންނަކީ އޭރު ޕްރޮފެސަރެކެވެ. އަދި ބޮސްޓަންގައި ރިސާޗް ސްކޯލާއެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

މަހާތުމާ ގާނދީގެ ކާފަދަރިއެއް ގެދޮރު ނެތް މުސްކުޅިން ބައިތިއްބާ ތަނެއްގައި!
މަހާތުމާ ގާނދީގެ ކާފަދަރިއެއް ގެދޮރު ނެތް މުސްކުޅިން ބައިތިއްބާ ތަނެއްގައި!

މި ދެމަފިރިން 2014 ވަނަ އަހަރު އިންޑިޔާ އަށް އެނބުރި އައީ އާއިލާގެ މީހުންނާ އެކުގައި އުމުރުގެ ބާކީ ބައިގައި ހޭދަކޮށްލުމުގެ އުންމީދުގަ އެވެ. ނަމަވެސް އާއިލާގެ މީހުންގެ ފަރާތުން އެ މީހުންނަށް ލިބުނީ ހިތްދަތިކަމާއި މާޔޫސް ކަމެވެ.

ގެދޮރު ނެތް މީހުންނަށް ޚާއްސަކޮށްފައިވާ، ވަރަށް ދަތި އުނދަގޫ ގޮތަކަށް ހުރި މުސްކުޅިން ބައިތިއްބާ ގެއެއްގައި މި ދެމަފިރިންނަށް ތިބެން ޖެހުނީ އެހެން ވެގެންނެވެ. ފުރަތަމަ ތިބި ގޭގައި ތިބެން އުނދަގޫވެގެން އެކަހަލަ ގެތަކަށް ބަދަލުވަމުން ގޮސް އެ މީހުން އެންމެ ފަހުން ގުޖްރާތުގައި ތިބި ތަން ވެސް ކަމުނުގޮސްގެން އެމީހުން މިހާރު އައިސް ތިބި ދިއްލީގެ ގުރު ވިޝްރަމް ވިރްދު އާޝްރަމް ގައެވެ. މިތަނަށް މިމީހުން އައީ މި ހިނގާ މޭ މަހުގެ 8 ވަނަ ދުވަހު އެވެ.

ގުޖްރާތުގައި އެމީހުން ތިބި ތަނުން ނުކުތީ ނޫން ކަމަށާއި ނެރެލީ ކަމަށް ގަބޫލުކުރާ ކަމަށް އެ ދެމަފިރިން މިހާރު ތިބޭ އާޝްރަމްގެ ވެރިމީހާ ޑރ. ޖީޕީ ބަގަތު ވިދާޅުވި އެވެ.

ކަންނޫބާއީ އާއި އަންހެނުން އާޝްރަމްގައި ތިބެނީ އޭސީ ބަހައްޓާފައި ހުންނަ ކުޑަ ކޮޓަރިއެއްގަ އެވެ. މިއީ އާއްމުކޮށް ވަރަށް ބަލި މީހުން ބަތިއްބާ ކޮޓަރިއެކެވެ. މުޅިއެކު ހަތަރު ފާޚާނާ ހުންނަ މި ގޭގައި 130 މީހުން ބަލަހައްޓަ އެވެ. އަދި މި މީހުން ބެލެހެއްޓުމަށް 40 މީހުން ތިބެ އެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ކަންނޫބާއީ ބުނީ އެމީހުން މުސްކުޅިވެ ބަލިވެ ވޭނުގައި އުޅެން ޖެހުނު ދުވަހު ގާތްތިމާގެ މީހުން އަޅާނުލި ކަމަށާއި ބާޕޫ (މަހާތުމާ ގާންދީ)ގެ ދަރިންނަކީ އޭނާއާ މުޅިން އިދިކޮޅު މިޒާޖުގެ ބައެއް ކަމަށެވެ.

ކަންނޫބާއީގެ އަންހެނުން ޑރ. ލަކްޝްމީ ބުނީ އެ މީހުން ބޭނުންވަނީ ވާހަކަ ދައްކާ ޚިޔާލު ބަދަލުކޮށްލާ ހެދޭ ކަހަލަ ތައުލީމީ ވިސްނުންތެރި ބައެއްގެ ކައިރީގައި އެފަދަ މާހައުލެއްގައ ދިރިއުޅެން ކަމަށެވެ. ނަމަވެސް މިހާރު އަނބުރާ އެމެރިކާ އަށް ދެވެން ނެތް ކަމަށާއި އެ ވަގުތު ފާއިތުވެއްޖެ ކަމަށް ޑރ. ލަކްޝްމީ ބުންޏެވެ.

ކަންނޫބާއީ މި އާޝްރަމްގައި އިން ވާހަކަ އިންޑިޔާގެ ނޫސްތަކުގައި ޖެހުމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އެކަން އެނގިވަޑައިގެން ކަންނޫބާއީއާ ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ. އަދި ކަންނޫބާއީ ބޭނުންވަނީ ކޮން ކަމެއްތޯ މޯދީ އޮޅުން ފިލުއްވި ކަމަށާއި ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް ނޫސްތަކުން ބުނެފައި ވެ އެވެ.