31 ޖުލައި 2018 - 13:24

މާލޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް ފޮރުވޭ ގޮތަށް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ބެނާތަކާއި ދިދަތައް ހަރު ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސް ކޮށްފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ކެމްޕޭން ކުރަމުން އަންނަ އިރު، ސީސީޓީވީ ކެމެރާތައް ފޮރުވޭ ގޮތަށް ބެނާ ފަދަ ތަކެތި ހަރުކުރާ ކަމަށެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސްއެޅޭ ކަމަށް ފުލުހުން ބުންޏެވެ.
ސެޕްޓެމްބަރު، 23، ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ވަނީ މާލެ އާއި އަތޮޅުތަކުގައި ކެމްޕޭން ފަށައިފަ އެވެ. މި ކެމްޕޭންގައި، މާލޭގެ އެކި މަގުތަކުގައި މިހާރު އަންނަނީ ޕީޕީއެމްގެ ކެމްޕޭން ދިިދަފަތިތައް ގިނަ އަދަދަކަށް ހަރުކުރަމުންނެވެ.