ނިދާ ބޮކި އަތުކުރީގައި
ނިދާ ބޮކި އަތުކުރީގައި

ރޭގަނޑުގެ ކަނުއަނދިރީގައި ގިފިއްޔަށް ދިޔުމުގެ ޒަމާން ފާއިތުވެ ހިނގައްޖެއެވެ. މިއީ ބޮކިއަލީގެ ޒަމާނެވެ. ހިލަމެއްވީމަ ދިއްލޭ ބޮކި ވެސް މިހާރު އެބަހުއްޓެވެ. އެކަމަކު އެންމެން ނިދާ ފައިހިލަވަޅު އޮބުމުން ކޮޓަރިތެރެ ދިއްލުމާއި ފެންޑާތެރެ ދިއްލައިގެން އުޅުމަކީ އެހެން މީހުންނަށް އުނދަގޫވެދާނެކަމަކަށްވާތީ މިއީ ގިނަ ބަޔަކު މާ ގަޔާވާ ކަމެއްނޫނެވެ.

މިކަމަށް އެންމެ ފަސޭހަ ހައްލަކަށްވާނީ ނިދާބޮތްކެއް އަތުގައި ގެންގުޅުމެވެ.

"މައިލައިޓް" އަކީ އަތުކުރީގައި އަޅަން ފަރުމާކޮށްފައިވާ ނިދާބޮތްކެކެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ މި އަތުކުރީ ބޮކިން ބޭނުން ފެންވަރަކަށް އަލިކޮށްދެއެވެ. ފިތާލާ ފިތަކުން އަލިކުރެވޭ ގޮތަށް ހުންނާތީ ދަންވަރު ހޭލެވިގެން ކުޑަކަމަކު ފާޚާނާއަށް ދާން ޖެހުނަސް އެހެން މީހަކަށް ތަކުލީފު ޖައްސާކަށް ނުޖެހެއެވެ. ޅަދަރިމައިންނަށާއި ކުޑަކުދިންނަށް ވެސް މިއިން މަންފާކުރެއެވެ.

މައިލައިޓްއަކީ ކެނެޑާގެ އުފެއްދުމެކެވެ. އަތުކުރީ އަޅާ ގަޑިއެއްގެ ސިފައިގާ އޮންނަ މި އުޅާގެ މޫނުމަތި ހުންނަނީ ކަޅުކުލައިގައެވެ. ދިއްލެނީ ކަމަރުގެ ބާކީ ބައެވެ. ކަމަރު ފަރުމާކޮށްފައިވަނީ ޕްލާސްޓިކްގެ މާއްދާއަކުންނެވެ. ބަރުދަނުގައި ހުންނަނީ 23 ގްރާމެވެ. ރޭގަނޑު ނިދާއިރު އަޅައިގެން އޮތުމަކުން ނިދި ޚަރާބެއްނުވާނެ ކަމަށް މި ކަމަރު އުފެއްދި ކުންފުނިން ބުނެއެވެ. މިއީ ރޭގަނޑު ފަނޑު އަލިކަމަކާއެކު ނިދަން ބޭނުންވާ އެންމެންނަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި މީގެ އިލުމިނޭޝަން މޯޑް ދަށްކޮށް ބެހެއްޓުމުން ލޮލަކަށް އެއްވެސް އުނދަގުލެއް ނުވާނެކަމަށްވެއެވެ.

މައިލައިޓް ބޮކި ޗާޖުކުރެވެނީ މައިކްރޯ ޔޫއެސްބީ މެދުވެރިކޮށެވެ. ކޮންމެ ޗާޖަކުން ގާތްގަޑަކަށް އެއް މަސްދުވަހު ބޭނުންކުރެވެއެވެ. މައިލައިޓް އަތުކުރީ ނިދާބޮކި މިވަގުތު ބާޒާރުގައި ވިއްކަން ހުރީ 27 ޑޮލަރަށެވެ.