ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ޕޮލިހަށް
ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ޕޮލިހަށް

ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުލުހުންނާ ބައްދަލުކޮށްފި އެވެ.

ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ޕޮލިހަށް
ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ޕޮލިހަށް

އެ ބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އަލަށް އައްޔަން ކުރެއްވި މެމްބަރު އަލީ ނަޝާތެވެ. ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ އިތުރުން އެ މުއައްސަސާގެ އިސްވެރިންތަކަކާ އެކު ބޭއްވި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް އިލެކްޝަންސާއި ފުލުހުން ވެސް އަދި ހާމައެއް ނުކުރެ އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި، ފޯމުތަކުގެ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ހުރިހާ ފޯމެއް ޕޮލިހަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. ދެހާސްތޭރައިގެ ރިޔާސީ އިންތިޚާބަށް ހުށަހެޅި ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގެ އިނގިލީގެ ނިޝާން ސައްހަތޯ ބަލައިދިނީ ފުލުހުންނެވެ.

ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމާ ގުޅޭގޮތުން އިލެކްޝަންސުން ފުލުހުންނާ ބައްދަލުކޮށްފައި މިވަނީ، ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަނިކޮށެވެ. އިންތިޚާބަށް ރީ-ރަޖިސްޓްރީކޮށްދިނުން ސިޔާސީ ޕާޓީތަކުން ވެސް ކުރަމުން އަންނައިރު، އެކަމުގައި އޮޅުވާލުމާއި މަކަރު ހަދަމުން ދާ ކަމުގެ ތުހުމަތުތައް އެއް ޕާޓީން އަނެއް ޕާޓީ އަށް ދަނީ ކުރަމުންނެވެ. ނަމަވެސް ރަޖިސްޓްރީކުރުމުގައި އެއްވެސް އޮޅުވާލުމަށް ނުހިންގާ ކަމުގެ ޔަގީންކަން ޕާޓީތަކުން ދެ އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ.