އިންޑިއާގެ ހަތަރު މިލިއަން މީހުންނަށް ރަށްވެހިކަން ގެއްލިއްޖެ
އިންޑިއާގެ ހަތަރު މިލިއަން މީހުންނަށް ރަށްވެހިކަން ގެއްލިއްޖެ

ގުވަހަޓީ (ޖުލައި 30) - އިންޑިއާގެ އިރުއުތުރުގެ އާސާމް ސްޓޭޓުގައި ދިރިއުޅޭ މީހުންގެ ރަސްމީ ރަޖިސްޓްރީ މިއަދު އިއުލާން ކުރި އިރު ގާތްގަނޑަކަށް ހަތަރު މިލިއަން މީހުންނަށް އިންޑިއާގެ ރަށްވެހިކަން ގެއްލިއްޖެ އެވެ.

އިންޑިއާގެ ހަތަރު މިލިއަން މީހުންނަށް ރަށްވެހިކަން ގެއްލިއްޖެ
އިންޑިއާގެ ހަތަރު މިލިއަން މީހުންނަށް ރަށްވެހިކަން ގެއްލިއްޖެ

ބަންގްލަދޭޝް އާއި ބޫޓާންއާ އިންވެގެން އޮންނަ އާސާމްގެ ރަސްމީ ރަޖިސްޓްރީ ނުވަތަ ނޭޝަނަލް ރަޖިސްޓާ އޮފް ސިޓިޒެންސް (އެންއާރުސީ) މިއަދު އިއުލާން ކުރީ ސްޓޭޓުގެ ވެރިރަށް ގުވަހަޓީގަ އެވެ. ރަޖިސްޓްރާ ޖެނެރަލް އޮފް އިންޑިއާ (އާރުޖީއައި) ގެ އޮފީހުން ބުނީ އާސާމްގެ 32.9 މިލިއަން އާބާދީގެ ތެރޭން 28.9 މީހުންގެ ނަން އެންއާރުސީގައި އޮންނާނެ ކަމަށެވެ.

އާސާމްގެ ރަސްމީ ރަޖިސްޓްރީ ނުބަލަހައްޓާ ގާތްގަނޑަކަށް 70 ވަރަކަށް އަހަރު ވެއްޖެ އެވެ. އެ ސްޓޭޓުގައި ގަވާއިދާޚިލާފަށް އުޅޭ ގިނަ މީހުންނަކީ އަވަށްޓެރި ބަންގްލަދޭޝް އިން ހިޖުރަކޮށްގެން އުޅޭ މީހުންނެވެ.

އާސާމްގެ ޗީފް މިނިސްޓަރު ސަރްބަނަންދާ ސޮނޮވާލް އިއްޔެ ވިދާޅުވީ ލިސްޓުގައި ނަން ނެތް މީހުން ވެސް ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.

"އެ މީހުންގެ ހައްގު ރައްކާތެރި ކުރަން ވެސް އެކަށީގެންވާ ވަގުތު ދޭނަން،" އޭނާ ވިދާޅުވި އެވެ.

އެންއާރުސީގެ ކޯޑިނޭޓަރު ޕްރަތީކް ހަޖެލާ ވިދާޅުވީ ލިސްޓަށް އިސްލާހު ގެންނަން އޮގަސްޓް 30 އިން ސެޕްޓެމްބަރު 28 އަށް ހުޅުވާލާނެ ކަމަށެވެ.

"ލިސްޓުގައި ނަން ނެތް ނަމަވެސް އެއީ ގަވާއިދާޚިލާފަށް އުޅޭ ބައެއްކަން އަދި ނުނިންމާނަން،" ހަޖެލާ ވިދާޅުވި އެވެ. "މިއީ ޑްރާފްޓް ރަޖިސްޓްރީއެއް. ޝަކުވާ ހުށަހަޅަން އެކަށީގެންވާ ވަގުތާއި ފުރުސަތު ދޭނަން."

އާސާމްގެ ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.

އާސާމްގެ އެންއާރުސީ ލިޔުންތައް ފުރަތަމަ ތައްޔާރު ކުރީ 1951 ވަނަ އަހަރު އެވެ. އެއީ އާސާމްގައި އުޅޭ އިންޑިއާ މީހުންނާއި އިރުމަތީ ޕާކިސްތާން (ބަންގްލަދޭޝް) އިން ހިޖުރަކުރި މީހުން ދެނެގަތުމަށެވެ.