03 އޯގަސްޓް 2016 - 06:28

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން އަށް "ލަވައެއް ކިޔައިދޭން" އޭނާގެ ގެޔަށް މީހަކު ވަގަށް ވަދެގެން އުޅެނިކޮށް އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި އެވެ.
އަމީތާބުގެ ގެ ކަމަށްވާ "ޖަލްސާ" އަށް ވަގަށް ވަދެ ހުއްޓާ ފެނުނު މީހާ ބުނެފައި ވަނީ އޭނާ ބޭނުންވަނީ ބޯޖްޕޫރީ ލަވައެއް އަމީތާބަށް ކިޔައިދޭން ކަމަށެވެ. މި މީހާ ގެއަށް ވަދެގެން އުޅެނިކޮށް ފެނުނީ ސެކިއުރިޓީ ގާޑުންނަށެވެ. ނިކުންނަން އެންގުމުން ވެސް ނުދިއުމުން އެންމެފަހުން ފުލުހުންނާ ހަވާލުކުރީ އެވެ.
ހައްޔަރުކުރުމުގެ ކުރިން އަމީތާބަށް ލަވަ ކިޔައިދެވުނު ކަމެއް ނޭނގެ އެވެ.
މިކަމެއް ހިނގީ މިދިޔަ އާދިއްތަ ދުވަހު އަމީތާބު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރަން ގެއިން ބޭރަށް ނުކުތް ވަގުތު ކަމަށްވެ އެވެ.