ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނި ސެޕްޓެމްބަރު 16 ގައި؟
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނި ސެޕްޓެމްބަރު 16 ގައި؟

ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއަކީ މިހާރު ދެ ލޯބިވެރިންކަން ވަނީ ކަށަވަރުވެފަ އެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނި ސެޕްޓެމްބަރު 16 ގައި؟
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނި ސެޕްޓެމްބަރު 16 ގައި؟

އެކަމަށް ދެ މީހުން ރަސްމީކޮށް އެއްބަސް ނުވިޔަސް މި މަހުގެ 18 ގައި ލަންޑަންގައި ފާހަގަކުރި ޕްރިޔަންކާ 36 ވަނަ އުފަން ދުވަހު ދެ މީހުން އެންގޭޖްވެފައިވާ ކަމަށް ބޮޑެތި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނި ސެޕްޓެމްބަރު 16 ގައި؟
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނި ސެޕްޓެމްބަރު 16 ގައި؟

މީޑިއާތަކުން ބުނި ގޮތުގައި ލަންޑަނުގައި އުފަން ދުވަސް ފާހަގަކުރި އިރު، މެއި މަހު ޕްރިންސް ހެރީއާ ކައިވެނި ކުރި ހޮލީވުޑްގެ ކުރީގެ ބަތަލާ އަދި ޕްރިޔަންކާގެ ގާތް އެކުވެރިޔާ މޭގަން މާކަލް ހަފުލާގައި ބައިވެރިވެ، ދެ މީހުންނަށް ބާއްޖަވެރި ހަޔާތަކަށް އެދިފައިވެ އެވެ. އަދި ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން މޭގަން ލަފާ ވެސް ދީފައިވާ ކަމަށްވެ އެވެ.

ސަލްމާން ހާނާ އެކު ކުޅެން ސޮއިކުރި "ބާރަތު" އިން ކުއްލި ގޮތަކަށް ޕްރިޔަންކާ ވަކިވުމާ އެކު، އިންޑިއާގެ މީޑިއާތަކުން ވެސް ބުނީ އެއީ ކައިވެންޏަށް ވަގުތު ހުސްކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެއާ އެކު ދެން އަޑުތައް ފެތުރުނީ ދެ ތަރިން ކައިވެނި ކުރާނީ އޮކްޓޯބަރު މަހު ކަމަށެވެ.

ނަމަވެސް މީޑިއާތަކުން މިހާރު ބުނަނީ ކުރީގެ ރީތީ ރާނީ އާއި އޭނާ އަށް ވުރެ 10 އަހަރު ހަގު، ނިކް ކައިވެނި ކުރާނީ ސެޕްޓެމްބަރު 16 ގައި ފާހަގަ ކުރާ ނިކްގެ 26 ވަނަ އުފަން ދުވަހު ކަމަށެވެ.

ގުޅުމާ ބެހޭ ގޮތުން ދެ މީހުން އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް، ޕްރިޔަންކާ ދާދި ފަހުން ވަނީ ނިކް ގޮވައިގެން އިންޑިއާ އަށް ދަތުރެއް ވެސް ކޮށްފަ އެވެ. އެ ދަތުރުގައި ގާތް ބައެއް މީހުންނާއި އާއިލާގެ މީހުންނަށް ނިކް ތައާރަފުކޮށް ދީފައިވެ އެވެ. އަދި ގޯއާގައި ވަރަށް އުފާވެރި ޗުއްޓީއެއް ވެސް ދެ މީހުން ހޭޭދަކުރި އެވެ.

އެ ދަތުރުގެ ތެރޭގައި ޕްރިޔަންކާ ވަނީ ނިކް ގޮވައިގެން، އިންޑިއާގެ ނުފޫޒު ގަދަ އެތައް ބަޔަކު ބައިވެރި މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އާކާޝް އަންބާނީގެ އެންގޭޖްމަންޓް ޕާޓީގައި ވެސް ޖޫން މަހުގެ 29 ވަނަ ދުވަހު ބައިވެރިވެފަ އެވެ.

މީޑިއާތަކުން ސިފަކުރި ގޮތުގައި އެ ހަފުލާގައި ބައިވެރިވެ ޕްރިޔަންކާ ސާބިތުކޮށް ދޭން ބޭނުންވީ އޭނާ ނިކްއާ ރައްޓެހިވެގެން އުޅޭ ކަމެވެ.

ޕްރިޔަންކާ އާއި ނިކް އެންމެ ފުރަތަމަ ބައްދަލުވީ މިދިޔަ އަހަރުގެ މެޓް ގާލާގެ ރެޑް ކާޕެޓް އިވެންޓުންނެވެ. މި ދެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ އެންމެ ބޮޑަށް ތިވަލާން ފެށީ އެކަކު އަނެކަކުގެ އިންސްޓަގްރާމް ޕޯސްޓްތަކަށް ދޫކޮށްލާ އިޝާރާތްތަކުންނެވެ.