29 ޖުލައި 2018 - 14:27

ބެއިރޫތު (ޖުލައި 29) - ސިފައިން ބޭނުންކޮށްފައިވާ އަސްކަރީ ޓޭންކްތަކެއް ކަނޑަށް ފައްތައިގެން ފަރެއް ހެދުމުގެ މަސައްކަތް ތިމާވެއްޓަށް ލޯބިކުރާ ލުބުނާނުގެ ބައެއް ފަރާތްތަކުން ފަށައިފި އެވެ.

ސިފައިން ބޭނުންކުރި 10 ޓޭންކް ވަނީ ކަނޑަށް ފައްތައިފަ އެވެ. މިއީ ފަރެއްގެ އިތުރުން ޑައިވްކުރާ ޓޫރިސްޓުންނަށް ވެސް ކަނޑުއަޑީގެ ހިތްގައިމު މަންޒަރަކަށް ވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

"މިއީ ޑައިވް ކުރާ ޓޫރިސްޓުންނަށް ސުވަރުގެއެއް ކަހަލަ ތަނަކަށް ވާނެ. ޓޭންކްތައް ފެއްތި ތަނުގައި ގުދުރަތީ މުއްސަނދިކަން އާލާވެ ފަރެއް އުފެދިގެން ދާނެ،" ފްރެންޑްސް އޮފް ކޯސްޓް ކިޔާ ޖަމާއަތުގެ ކަމާލް ކޮޒްބާރު ބުންޏެވެ.
އޭނާ އުއްމީދު ކުރަނީ މޫދުވިނައިގެ ސަބަބުން ޓޭންކްތައް ފޮރުވި ކަނޑުއަޑީގެ ޕާކަކަށް އެތަން ވާނެ ކަމަށެވެ.