ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ވާދޫ ކައިރިން ފެނިއްޖެ
ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ވާދޫ ކައިރިން ފެނިއްޖެ

ކ. ވާދޫ ރިސޯޓު ކައިރި ކަނޑުމަތިން، ބަނޑުން ޖަހާލާފައި އޮތް ލޯންޗެއް މި ރޭ ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ބަންޑުން ޖަހާފައިވާ ލޯންޗްގައި މީހަކު ހުރި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެ ލޯންޗް ފެނިގެން ރިޕޯޓް ކޮށްފައިވަނީ މިރޭ 11:00 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ލޯންޗާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ސިފައިން އާންމެއް ނުކުރެ އެވެ. އެހެން ކަމުން އެއީ ކޮން ކަހަލަ އަދި ކޮން ތަނެއްގައި ރަޖިސްޓްރީކޮށްފައިވާ ލޯންޗެއް ކަމެއް ވެސް ނޭނގެ އެވެ. އަދި އެއީ ކިހިނެއް ވެގެން ބަންޑުން ޖަހާލި ލޯންޗެއް ކަމެއް ވެސް ނޭނގެ އެވެ.