މިނިވަން ދުވަހުގެ ކުޅިވަރުތައް ބޭއްވުން މާދަމާ ރެ އަށް ފަސްކޮށްފި
މިނިވަން ދުވަހުގެ ކުޅިވަރުތައް ބޭއްވުން މާދަމާ ރެ އަށް ފަސްކޮށްފި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރުން މިރޭ ބާއްވަން ނިންމި ކުޅިވަރު އައިޓަމްތައް މާދަމާ ރެ އަށް ހޯމް މިނިސްޓްރީން ފަސްކޮށްފި އެވެ.

ނަމަވެސް، ގަލޮޅު ދަނޑުގައި ބާއްވާ މި ކުޅިވަރުތައް ފަސްކުރި ސަބަބެއް އެ މިިސްޓްރީއަކުން ނުބުނެ އެވެ.

މިނިވަން ދުވަހުގެ ކުޅިވަރުތައް ސަރުކާރުން މާދަމާ ރެ އަށް ފަސްކޮށްފައިވާއިރު، ސިފައިންނާއި ސްކޫލްތަކުގެ ކެޑޭޓުންނާއި ބޭންޑުގެ ޕެރޭޑް ވަނީ ފަސްކޮށްފަ އެވެ. ޕެރޭޑް މާދަމާ ހަވީރު ބާއްވަން ކުރިން ނިންމާފައި އޮތް ނަމަވެސް، ދެން އެ ހަރަކާތް ކުރިއަށް ގެންދާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން ވަނީ ރިސެޕްޝަނެއް ބާއްވަވައިފަ އެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޖުމްހޫރީ މައިދާނުގައި ރޭ އޮތެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު މި އަހަރު 20 ބޭފުޅަކަށް ދެއްވައިފަ އެވެ.