އިންތިހާބުތައް ހަރުދަނާކުރަން ސަރަހައްދީ ފެންވަރުގެ ފޯރަމެއް ފަށައިފި
އިންތިހާބުތައް ހަރުދަނާކުރަން ސަރަހައްދީ ފެންވަރުގެ ފޯރަމެއް ފަށައިފި

ހަރުދަނާ ގޮތެއްގައި އިންތިހާބުތައް ކުރިއަށްގެންދިއުމާ މެދު މަޝްވަރާކުރަން ސަރަހައްދީ ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކުގެ ފޯރަމް ބަނޑޮސް ރިސޯޓުގައި މިއަދު ފަށައިފި އެވެ.

އިންތިހާބުތައް ހަރުދަނާކުރަން ސަރަހައްދީ ފެންވަރުގެ ފޯރަމެއް ފަށައިފި
އިންތިހާބުތައް ހަރުދަނާކުރަން ސަރަހައްދީ ފެންވަރުގެ ފޯރަމެއް ފަށައިފި

ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިޔާ (ފެމްބޯސާ)ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ފޯރަމްގައި ސާކްގެ އަށް ގައުމުން ބައިވެރިވެ އެވެ.

ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ މުހިއްމު ކަމަކީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބެއް ބޭއްވުން ކަމަށެވެ. އަދި ހުދުމުހުތާރު ވެރިކަމާއި ޑިމޮކްރަސީ ވަކިކޮށްދެނީ ވެސް އިންތިހާބުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ފޯރަމްގައި މަޝްވަރާކުރާނީ އިންތިހާބުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީއާ ގުޅޭ ގޮތުންނެވެ. އެގޮތުން އިލެކްޓްރޯނިކް ވޯޓިން (އީ ވޯޓިން)އާ ގުޅޭ ގޮތުން ވެސް މި ފޯރަމްގައި މަޝްވަރާކުރާނެ އެވެ.

ބިޝާމް ވިދާޅުވީ އީވޯޓިންގެ ނިޒާމަށް ހޭނެން އާއްމު ރައްޔިތުންގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ވެސް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

"މިނިވަންކަމާ އެކު އިންތިހާބު ބޭއްވުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމެއް. އެ ގާނޫނުއަސާސީއާ އެކު ވަރަށް ބޮޑު ތަފާތެއް ވަނީ އައިސްފައި. ބާރުތައް ވަކިވެ، މިނިވަން މުއައްސަސާތައް ވަނީ އުފައްދާފައި،" ބިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ޓެކްނޮލޮޖީއާ އެކު ދިވެހީންގެ ދިރިއުޅުން ބަދަލުވެފައިވާ ކަމަށެވެ. އަދި މިހާރު ދިިރިއުޅެމުން އަންނަނީ ޓެކްނޮލޮޖީ އަށް ބަރޯސާވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ފުރިހަމަ އިންތިހާބަކަށް ދާން ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭ ގޮތުން މި ފޯރަމްގައި ކަންތައްތަކެއް ނިންމާނެ ކަމަށެވެ.

ފޯރަމަށް ސާކްގެ އަށް ގައުމުން ވެސް ކަރުދާސް ހުށަހަޅަން ވަނީ ހަމަޖައްސާފަ އެވެ.