ފިރިން ދެކެ ބިރުން ޕާންޖާބުގެ އަވަށެއްގެ އެންމެ އަންހެނަކު ވެސް ވޯޓު ނުލައި
ފިރިން ދެކެ ބިރުން ޕާންޖާބުގެ އަވަށެއްގެ އެންމެ އަންހެނަކު ވެސް ވޯޓު ނުލައި

ޕަންޖާބު (ޖުލައި 26) - ޕާކިސްތާނުގައި އިއްޔެ އާއްމު އިންތިޚާބު ބޭއްވި އިރު ދެކުނުގެ ޕަންޖާބު ޕްރޮވިންސްގެ މުލްތާން ސިޓީއާ 35 މޭލު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ މޮހްރީ ޕޫރުގެ އަންހެންނުން ގެންދިޔައީ ފިރިންގެ އަމުރަށް ގޮންޖަހައިފައި ނަމަވެސް މިފަހަރު ވޯޓު ދޭނެ ކަމަށް ބުނަމުންނެވެ. އެ އަވަށުގެ އަންހެނުން ވޯޓުލުން އެ މީހުންގެ ފިރިން އޮންނަނީ 1947 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ. އޭގެ ފަހުން ކޮންމެ އިންތިޚާބެއްގައި ވެސް އެ މީހުން ފިރިންގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ވޯޓެއް ނުލަ އެވެ.

ފިރިން ދެކެ ބިރުން ޕާންޖާބުގެ އަވަށެއްގެ އެންމެ އަންހެނަކު ވެސް ވޯޓު ނުލައި
ފިރިން ދެކެ ބިރުން ޕާންޖާބުގެ އަވަށެއްގެ އެންމެ އަންހެނަކު ވެސް ވޯޓު ނުލައި

އެކަމަކު މި އަހަރުގެ އިންތިޚާބަށް ތައްޔާރުވަމުން ދިޔަ އިރު އެ އަވަށުގެ ގިނަ އަންހެނުން ދިޔައީ ފިރިން ކޮންމެ ބިރެއް ދެއްކި ނަމަވެސް މިފަހަރު ވޯޓުލާނެ ކަމަށް ބުނަމުންނެވެ. އެއީ ޕާކިސްތާނުގެ އިންތިޚާބަށް ގެނެސްފައިވާ ގަވާއިދުގެ ދަށުން އަންހެނުން ވަކި އަދަދަށް ވޯޓުނުލައި ސަރަހައްދުތަކުގެ ވޯޓު ބާތިލްވާނެތީ އެވެ. އެކަމަކު އިންތިޚާބުގެ ނަތީޖާ ސާފުވެގެން އައި އިރު މޮހްރީ ޕޫރުގައި ވޯޓުލާން ރަޖިސްޓްރީ ކުރި 3،200 އަންހެނުންގެ ތެރޭން އެކަކު ވެސް ވޯޓެއް ނުލަ އެވެ.

ފިރިން ދެކެ ބިރުން ޕާންޖާބުގެ އަވަށެއްގެ އެންމެ އަންހެނަކު ވެސް ވޯޓު ނުލައި
ފިރިން ދެކެ ބިރުން ޕާންޖާބުގެ އަވަށެއްގެ އެންމެ އަންހެނަކު ވެސް ވޯޓު ނުލައި

"ވޯޓުލައިފި ނަމަ ވަރިކުރާނެ ކަމަށް ބުނެ ފިރިން ވަނީ އަހަރެމެންނަށް ބިރު ދައްކާފައި،" ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ހުރި މޮހްރީ ޕޫރުގެ އަންހެނެއް ކަމަށްވާ ތަންޔާ ބީބީ ބުންޏެވެ.

އެ އަވަށުގައި ވޯޓުލާން ވަނީ ގާތްގަނޑަކަށް 8،000 ފިރިހެނުން ރަޖިސްޓްރީ ކޮށްފަ އެވެ. ސްކޫލެއްގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ކައިރީގައި ފިރިހެނުންގެ ދިގު ކިޔޫއެއް އޮތް އިރު އެންމެ އަންހެނަކު ވެސް ނެތެވެ.

"ހުރިހާ ފިރިހެނުން މި ތިބީ ވޯޓުލާން އައިސް. އެކަމަކު އަހަރެމެންގެ އަނބިން ވޯޓުލާން އައިސްފައި ނުވަނީ މި އަވަށުގެ ސަގާފަތެއް ދެމެހެއްޓުމުގެ ގޮތުން،" ވޯޓުލާން ކިޔޫގައި ހުރި މުހައްމަދު ޝަމްޝާރު ބުންޏެވެ.

އަންހެނުން ވޯޓުލާން ބާރު އަޅައި މޮހްރީ ޕޫރުގައި ކެމްޕޭން ކުރި ގާނޫނީ ވަކީލެއް ކަމަށްވާ ގާސިރު އައްބާސް ވެސް ބުނީ އޭނާ ވެސް އެންމެ ފަހު ވަގުތު ޚިޔާލު ބަދަލުވެ ވޯޓުލާން އަންހެނުން ނުގެންދާ ކަމަށެވެ.

"އަހަރެން ވެސް ބިރުގަތީ، އަވަށުގެ މީހުން އަހަރެންގެ އާއިލާ ބޮއިކޮޓް ކޮށްފާނެތީ،" އޭނާ ބުންޏެވެ.

މޮހްރީ ޕޫރުގެ އެންޖީއޯއެއްގައި މަސައްކަތް ކުރާ ބިސްމިﷲ އީރާމް ބުނީ އަންހެނުން ވޯޓުލާން ނުދިއުމަށް އެދި އެ ވަށުގެ މިސްކިތްތަކުގެ އަޑުގަދަ ކުރާ އިން ގޮވަމުން ދިޔަ ކަމަށެވެ.

މޮހްރީ ޕޫރުގެ ދުވަސްވީ މީހުން ބުނެފައި ވަނީ އަންހެނުން ވޯޓުލުން މަނާކޮށްފައި އޮންނަނީ އާއްމު ވޯޓިން ބޫތަކަށް ގޮސް އަންހެނުން ވޯޓުލުމަކީ އެ މީހުންގެ އިހްތިރާމް ކުޑަވާ ކަމަކަށްވާތީ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު މޮހްރީ ޕޫރުގައި ވޯޓުލީ ހަމައެކަނި އަންހެނަކީ ފައުޒިއްޔާ ތާލިބް ކިޔާ މީހެކެވެ. އެ ވޯޓަށް ފަހު އޭނާ ވަނީ އެ އަވަށުން ބާކީކޮށްލައިފަ އެވެ.