ކުޅިވަރު ޗެނެލް އީއެސްޕީއެން އަށް ފިލްމެއް ހަދަނީ
ކުޅިވަރު ޗެނެލް އީއެސްޕީއެން އަށް ފިލްމެއް ހަދަނީ

ކުޅިވަރުގެ ޗެނެލެއްގެ ގޮތުގައި މަޝްހޫރު ކޭބަލް ކޮމްޕެނީ އީއެސްޕީއެން އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި، މަޝްހޫރު އެކްޓަރު ޖޭމްސް ފްރާންކޯ އަށް އޭގެ ޑައިރެކްޝަން ހުށަހަޅައިފި އެވެ.

ކުޅިވަރު ޗެނެލް އީއެސްޕީއެން އަށް ފިލްމެއް ހަދަނީ
ކުޅިވަރު ޗެނެލް އީއެސްޕީއެން އަށް ފިލްމެއް ހަދަނީ

ފޯކަސް ފީޗާޒް އިން ހަދާ ފިލްމް ބިނާ ކުރަނީ 2011 ގައި ޖޭމްސް އެންޑްރޫ މިލާ އާއި ޓޮމް ޝެލެޒް ލިޔުނު ފޮތް "ދޯސް ގައިޒް ހޭވް އޯލް ދަ ފަން: އިންސައިޑް ދަ ވޯލްޑް އޮފް އީއެސްޕީއެން" އަށެވެ. މީގައި ވަނީ އީއެސްޕީއެން އުފެދިގެން އައި ގޮތާއި އޭގެ މުހިއްމު މަސައްކަތްތައް ކިޔައިދީފަ އެވެ.

ބިލް ރަސްމުސެން އާއި އޭނާގެ ދަރިފުޅު ސްކޮޓް ރަސްމުސެން އީއެސްޕީއެން ވޫޖުދަށް ގެނައީ 1979 ގަ އެވެ. އަދި އޭރުން ފެށިގެން އީއެސްޕީއެންގެ ހިދުމަތް 24 ގަޑިއިރު ލިބެ އެވެ.

"ދޯސް ގައިޒް ހޭވް އޯލް ދަ ފަން" ސްކްރީންޕްލޭއަކަށް ފައްކާކުރަން ހަވާލުކޮށްފައި ވަނީ "ހޯލްޓް އެންޑް ކެޗް ފަޔާ" ގެ އެއް މޭސްތިރިޔާ ކްރިސްޓޮފާ ސީ ރޮޖާޒްއާ އެވެ.

އީއެސްޕީއެންގެ ވާހަކަ ސްކްރީނަށް ގެންނަ އިރު، މިއާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ފްރާންކޯ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އޭނާ ޑައިރެކްޓްކޮށް އަދި އެކްޓް ކުރި ކާމިޔާބު ފިލްމް "ދަ ޑީޒާސްޓާ އާޓިސްޓް" އިންނެވެ.

އެ ފިލްމަކީ މި އަހަރު ބޭއްވި 90 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އަށް ނޮމިނޭޓްވި ފިލްމެކެވެ. އަދި ފިލްމުން ފްރާންކޯ އަށް މިއުޒިކަލް/ކޮމެޑީ ކެޓަގަރީން އެންމެ މޮޅު ބަތަލުގެ ގޯލްޑެން ގޯލްޑެން އެވޯޑްސް ވެސް ލިބިފަ އެވެ.

ދާދި ފަހުން ފްރާންކޯ، 40، ގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ތުހުމަތަކެއް ވެސްކޮށްފަ އެވެ. އެކަމަކު އޭނާ ވަނީ އެ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ.