ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާގެ ކުރީގައި އިމްރާން ޚާން
ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާގެ ކުރީގައި އިމްރާން ޚާން

އިސްލާމްއާބާދު (ޖުލައި 26) - ޕާކިސްތާނުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި މިހާތަނަށް ސާފު ކުރި ނަތީޖާތަކުގެ ކުރީގައި، ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާން އުޅުއްވާ ކަމަށް ދައްކައިފި އެވެ.

ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާގެ ކުރީގައި އިމްރާން ޚާން
ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާގެ ކުރީގައި އިމްރާން ޚާން

ވޯޓުގެ 42 ޕަސެންޓް ނަތީޖާ ގުނިއިރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް ވަނީ އިންތިޚާބު ކުރަން ޖެހޭ 272 ގޮނޑީގެ ތެރޭން 113 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް-އެން) އަށް ލިބިފައި ވަނީ 60 ގޮނޑި ކަމަށް ވެސް ނުރަސްމީ ނަތީޖާތައް ދައްކަ އެވެ. ތިން ވަނަ ހޯދާނެ ކަމަށް ބެލެވެނީ އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ޕީޕީޕީ އެވެ. އެ ޕާޓީ މިހާރު ލީޑް ކުރައްވަނީ ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ، 29، އެވެ.

ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާގެ ކުރީގައި އިމްރާން ޚާން
ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާގެ ކުރީގައި އިމްރާން ޚާން

ޕީއެމްއެލް-އެން އިން ދަނީ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހަދަމުންނެވެ. ޕާޓީގެ ލީޑަރު އަދި ނަވާޒްގެ ކޮއްކޮ ޝަހްބާޒް ޝަރީފް ވިދާޅުވީ ވޯޓުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާގެ ކުރީގައި އިމްރާން ޚާން
ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާގެ ކުރީގައި އިމްރާން ޚާން

އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ބުނެފައި ވަނީ ނަތީޖާ އިއުލާން ކުރުން ލަސްވަމުން ދަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އެހެންވެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ކުރަނީ އަތުންނެވެ.

ވޯޓުލުން އިއްޔެ ބަންދުކުރުމާ އެކު ވަރަށް ގިނަ ވޯޓް ސްޓޭޝަންތަކުގައި ވޯޓު އޮޅުވާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ބައެއް ޕާޓީތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ބައެއް ޕާޓީތަކުގެ މަންދޫބުން ބުނީ ވޯޓުލުން ނިމުމާ އެކު ވޯޓު ސްޓޭޝަންތަކުން އެ މީހުން ބޭރުކޮށްލާފައިވާ ކަމަށެވެ. އެކަމަކު އިލެކްޝަން އޮފިޝަލުން އެ ތުހުމަތު ދޮގު ކުރެ އެވެ.

ޕާކިސްތާނުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 106 މިލިއަން މީހުންގެ ތެރޭން 50-55 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވޯޓުލާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

* ކުރިން ބައިނަލްއަގުވާމީ ކްރިކެޓް ކުޅުންތެރިން. ޕާކިސްތާނަށް 1992 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން

* ތައުލީމް ހާސިލް ކުރައްވާފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީން

* ޕްލޭބޯއީ ލައިފްސްޓައިލްގެ ސަބަބުން މީޑިއާގެ ސަމާލުކަން ލިބުނު

* ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) 1996 ވަނަ އަހަރު އުފެއްދި

* ކެމްޕޭން އަމާޒުކޮށްފައި ވަނީ ޕާކިސްތާނުގައި ހިންގާ ކޮރަޕްޝަނާ ދެކޮޅަށް

* ސިފައިން އެހީވާ ކަމަށް އިމްރާން ޚާންގެ މައްޗަށް ތުހުމަތު ކުރޭ. އެކަމަކު އޭނާ އެކަން ދޮގު ކުރޭ.