25 ޖުލައި 2018 - 23:19

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ދަރުބާރުގޭގައި މިރޭ ބާއްވަވައިފި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ފުރަތަމަ ހަރަކާތުގައި، ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ 53 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ހިންގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން މާދަމާ ރޭ ޖުމްހޫރީ މައިދާނުގައި ރަސްމީ ޖަލްސާ ބާއްވާއިރު، މާލޭގެ ސްކޫލުުތަކުގެ ދަރިވަރުން ގެނެސްދޭ ހަރަކާތްތައް ހުކުރު ދުވަހުގެ ރޭގަނޑު ގަލޮޅު ދަނޑުގައި އޮންނާނެ އެވެ.