ވޯޓުލަމުން ދަނިކޮށް ބޮމެއް ގޮއްވާލައި 28 މީހުން މަރު
ވޯޓުލަމުން ދަނިކޮށް ބޮމެއް ގޮއްވާލައި 28 މީހުން މަރު

ބަލޮޗިސްތާން (ޖުލައި 25) - ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި މިއަދު ވޯޓުލަމުން ދަނިކޮށް ހުޅަނގު ދެކުނުގެ ގުއެޓާގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 28 މީހުން މަރުވެ 35 މީހުން ޒަޚަމްވެއްޖެ އެވެ.

ވޯޓުލަމުން ދަނިކޮށް ބޮމެއް ގޮއްވާލައި 28 މީހުން މަރު
ވޯޓުލަމުން ދަނިކޮށް ބޮމެއް ގޮއްވާލައި 28 މީހުން މަރު

"ޖާނުންފިދާވުމުގެ ހަމަލާ ދިން މީހާ މަސައްކަތް ކުރީ ވޯޓުލާ ސްޓޭޝަނަށް ވަންނަން. ފުލުހުން އޭނާ ހުއްޓުވަން މަސައްކަތް ކުރަނިކޮށް ބޮން ގޮއްވާލީ،" ގުއެޓާގެ ލޯކަލް އެޑްމިނިސްޓްރޭޝަން އޮފިޝަލެއް ކަމަށްވާ ހާޝިމް ގިލްޒައި ވިދާޅުވި އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލައިފައެއް ނުވެ އެވެ.

ބޮން ގޮއްވާލި ބަލޫޗިސްތާން އަކީ ޕާކިސްތާނުގައި އެންމެ ފަގީރު އެއް ހިސާބެވެ. ހަރުކަށި ހަނގުރާމަވެރިންގެ ހަމަލާތައް ދިނުން އެ ޕްރޮވިންސްގައި ވަނީ އިތުރުވެފަ އެވެ. ވޯޓުލާން މިއަދު ފެށުމުގެ ކުރިން އެ ޕްރޮވިންސްގެ ޚުޒްދަރު ޑިސްޓްރިކުގައި ދިން އަތުބޮމުގެ ހަމަލާއެއްގައި ވަނީ ފުލުހަކު މަރުވެފަ އެވެ.

ވޯޓުލުން ކުރިއަށްދާ އިރު ސަލާމަތީ ކަންކަން ބެލުމަށް ވަނީ 800،000 އަށް ވުރެ ގިނަ ސަލާމަތީ އޮފިސަރުން ނެރެފަ އެވެ.