ބޮލަށް ޖެހި ވަޅިއާ އެކު 20 މިނެޓުވަންދެން ސައިކަލް ދުއްވައިފި
ބޮލަށް ޖެހި ވަޅިއާ އެކު 20 މިނެޓުވަންދެން ސައިކަލް ދުއްވައިފި

ޗައިނާގައި ސައިކަލް ޓެކްސީގެ ހިދުމަތްދޭ މީހެއްގެ ބޮލަށް މީހަކު ވަޅި ހެރުމުން އެ ވަޅިއާ އެކު 20 މިނެޓް ވަންދެން ސައިކަލްގައި ދުއްވާފައި ޕޮލިސް ސްޓޭޝަނަކަށް ހިނގައްޖެ އެވެ.

ބޮލަށް ޖެހި ވަޅިއާ އެކު 20 މިނެޓުވަންދެން ސައިކަލް ދުއްވައިފި
ބޮލަށް ޖެހި ވަޅިއާ އެކު 20 މިނެޓުވަންދެން ސައިކަލް ދުއްވައިފި

މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ގުއާންޒޯ ސިޓީގައި ހިނގި މި ހާދިސާގައި ކިން ވަނަމަކަށް ކިޔާ 33 އަހަރުގެ މީހާގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭނާ އަށް ފަރުވާ ދިން ހޮސްޕިޓަލްގެ ޑޮކްޓަރުން ބުންޏެވެ. ކިން ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އޭނާގެ ބޮލުގެ ފަހަތުން ކަނާތް ފަރާތަށް ޖެހި ވަޅި 8 ސެންޓިމީޓަރު ފުނަށް ހެރިފައި ހުއްޓެވެ. އެއަށްވުރެ އިތުރަށް ދެ ސެންޓި މީޓަރަށް ވަޅީގެ މިޔަ ދިޔަ ނަމަ ކިމްގެ ސިކުނޑި އަށް ގެއްލުންވެ، އޭނާގެ ފުރާނަ ދާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ސައިކަލް އެރި ފަސިންޖަރަކު ދިން ހަމަލާ އަށް ފަހު ޕޮލިސް ސްޓޭޝަނާ ހަމައަށް ދާން ކިން ކުރި ހިތްވަރަށް ޑޮކްޓަރުން ވަނީ ތައުރީފުކޮށްފަ އެވެ. ކިންގެ ބޮލަށް ޖެހި ވަޅި ނަގަން ފަސް ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ކިން ބުނި ގޮތުގައި ސައިކަލަށް އެރި މީހަކު ބޮލަށް ވަޅި ޖަހައި ފިލުމުން އެހީއަކަށް އެދި ހަޅޭއްލަވައި ހެދި އެވެ. އެކަމަކު އެ ދަނޑިޅުގައި އެހީ ވާނެ މީހަކު ނައުމުން، ބެލީ އެންމެ އަވަހަކަށް ދެވެން އޮތް ޕޮލިސް ސްޓޭޝަނަކާ ހަމައަށް ދާން ކަމަށް ބުންޏެވެ.

ކިމް ބުނި ގޮތުގައި އޭނާ ދަންވަރު ސައިކަލް ޓެކްސީ ކުރަން ނުކުންނަކީ ރަސްމީ ވަޒީފާ އިން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ އެވެ. އަދި ސައިކަލް ޓެކްސީގެ ހިދުމަތް ދޭތާ ދުވަސްތަކެއްވި ނަމަވެސް މިފަދަ ކަމެއް މީގެ ކުރިން ދިމާވެފައި ނުވާ ކަމަށް ބުންޏެވެ.