ޖަޕާނަށް އާދަޔާޚިލާފު ހޫނެއް، ހަފުތާއެއްގެ ތެރޭ 65 މަރު
ޖަޕާނަށް އާދަޔާޚިލާފު ހޫނެއް، ހަފުތާއެއްގެ ތެރޭ 65 މަރު

ޓޯކިޔޯ (ޖުލައި 24) - ޖަޕާނަށް މި ދުވަސްވަރު ކުރިމަތިވެފައިވާ އާދަޔާޚިލާފު ގަދަ ހޫނުގައި ހަފުތާއެއްގެ ތެރޭގައި 65 މީހުން މަރުވެ 22،647 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައިވާ ކަމަށް ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނެފި އެވެ.

ޖަޕާނަށް އާދަޔާޚިލާފު ހޫނެއް، ހަފުތާއެއްގެ ތެރޭ 65 މަރު
ޖަޕާނަށް އާދަޔާޚިލާފު ހޫނެއް، ހަފުތާއެއްގެ ތެރޭ 65 މަރު

އެޖެންސީން ބުނީ ޖުލައި މަސް ފެށުނު ފަހުން ގަދަ ހޫނުގެ ސަބަބުން 80 މީހުން މަރުވެ 35،000 މީހުން އެޑްމިޓް ކޮށްފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ހަ އަހަރުގެ ސްކޫލް ކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާ މަރުވެފައި ވަނީ ފީލްޑް ދަތުރެއް ނިންމާލުމަށް ފަހު އެނބުރި ދިއުމުގެ މަގު މަތީގަ އެވެ.

"ގައުމުގައި އާދަޔާޚިލާފަށް ހޫނުގަދަވެފައިވާ އިރު ސްކޫލް ކުދިންނަށް ރައްކާތެރިކަން ދިނުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ސަރުކާރުގެ ތަރުޖަމާން ޔޮޝިހިދާ ސުގާ ވިދާޅުވި އެވެ.

ސަރުކާރުން ބުނީ އަންނަ އަހަރުގެ ހޫނު މޫސުމަށް ވާއިރަށް ހުރިހާ ސްކޫލްތަކެއް ވެސް އެއާ ކަންޑިޝަން ކުރުމަށް ފައިސާ ހަމަޖައްސައިދޭނެ ކަމަށެވެ.

ޓޯކިޔޯގެ ބޭރުގައި އޮންނަ ކުމަގަޔާ ސިޓީގެ ހޫނުމިން އިއްޔެ ހުރީ 41.1 ޑިގްރީ ސެލްސިއަސް (106 ފެރަންހައިޓް) ގަ އެވެ.