ހަކުރު ބަލީގެ މީހުންނަށް ހާއްސަ ޑައިބެޓީސް ސުވީޓްނާ ބްރޭންޑެއް އެސްޓީއޯއިން ތައާރަފްކޮށްފި
ހަކުރު ބަލީގެ މީހުންނަށް ހާއްސަ ޑައިބެޓީސް ސުވީޓްނާ ބްރޭންޑެއް އެސްޓީއޯއިން ތައާރަފްކޮށްފި

ހަކުރު ބަލީގެ މީހުންނަށް ހާއްސަ ޑައިބެޓީސް ސުވީޓްނާއެއް ހާއްސަ އަގުތަކެއްގައި އެސްޓީއޯ އިން ތައާރަފްކޮށްފި އެވެ.

ހަކުރު ބަލީގެ މީހުންނަށް ހާއްސަ ޑައިބެޓީސް ސުވީޓްނާ ބްރޭންޑެއް އެސްޓީއޯއިން ތައާރަފްކޮށްފި
ހަކުރު ބަލީގެ މީހުންނަށް ހާއްސަ ޑައިބެޓީސް ސުވީޓްނާ ބްރޭންޑެއް އެސްޓީއޯއިން ތައާރަފްކޮށްފި

އެ ކުންފުނިން އަލަށް ތައާރަފްކުރީ އިންޑިއާގެ އެންމެ މަގުބޫލް އެއް ސުވީޓްނާ ބްރޭންޑް ކަމަށްވާ "ޝުގާފްރީ" އެވެ.

އެސްޓީއޯ އިން ބުނީ އިންޑިޔާގެ "ޒީދަސް ވެލްނެސް" ކުންފުނީގެ އުފެއްދުމެއް ކަމަށްވާ "ޝުގާފްރީ" ބްރޭންޑްގެ ހަކުރަކީ އިންޑިއާގެ ގިނަ އަދަދެއްގެ އާންމުންގެ އިތުރުން ގެސްޓްހައުސްތަކުގަ އާއި ރިޒޯޓް، ރެސްޓޯރެންޓް، ހޮޓާ، ކެފޭ އަދި ބޭކަރީތަކުގައި ވެސް ބޭނުންކުރާ ހަކުރެއް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ހުއްދަލިބިގެން ވިއްކާ އެ ބްރޭންޑަކީ އިންޑިޔާގެ 94 ޕަސެންޓް މާކެޓް ހިއްސާ އޮންނަ ބްރޭންޑެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ވަނީ ޝުގާފްރީގެ ތިން ބާވަތެއްގެ ނުވަ އުފެއްދުމެއް ވަނީ ބާޒާރަށް ނެރެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޝުގާ ފްރީ ގޯލްޑް އާއި ޝުގާފްރީ ނެޗުރަލް، ޝުގާފްރީ ގްރީން އެވެ.

"މިފަދަ ރަނގަޅު، ސިއްހަތައް ފައިދާހުރި ބްރޭންޑުތައް ރާއްޖެއެތެރެކޮށް ހެޔޮ އަގުގައި ރަތްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ ސުޕަމާޓްގެ މަގުސަދެއް،" އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ މިހާރު ވެސް އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރު، އެސްޓީއޯ އެކްސްޕްރެސް (ފުޑްކޯޓް) އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން، އެސްޓީއޯ ފާމަސީތަކުން ލިބެންހުރި ޝުގަ ފްރީ ހަކުރަކީ މިވަގުތު ބާޒާރުގައި ހުރި އެންމެ މޮޅު އަދި އެންމެ އަގުހެޔޮ ހަކުރުގެ ބްރޭންޑްތަކުގެ ތެރޭގައި ގުނާލެވޭނެ ބްރޭންޑެއް ކަމަށެވެ.