އިންޑިއާގެ ކުރީގެ މާލީ ވަޒީރަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ
އިންޑިއާގެ ކުރީގެ މާލީ ވަޒީރަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ

ނިއު ދިއްލީ (ޖުލައި 22) - އިންޑިއާގެ ކުރީގެ މާލީ ވަޒީރު ޕީި. ޗިދަމްބަރަމްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަން ފުލުހުން ނިންމައިފި އެވެ.

ޗިދަމްބަރަމް ވިދާޅުވީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އުފުލާފައިވާ ދައުވާ އަށް އޭނާ ވަރަށް ބޮޑަށް ދެކޮޅު ހަދާނެ ކަމަށެވެ. ސީބީއައި އިން ޗިދަމްބަރަމްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޓެލެކޮމް އިންޑަސްޓްރީ އަށް 2006 ވަނަ އަހަރު ބޭރުގެ އިންވެސްޓަރަކު ގެނައުމުގައި ނާޖާއިޒް ފައިދާ ނަގާފައިވާ ކަމަށެވެ. ސީބީއައި އިން ބުނެފައި ވަނީ އެއާސެލް-މާކްސިސްގެ ބައި ބިލިއަން ޑޮލަރުގެ ޑީލް އަށް ހުއްދަ ދިނީ ޗިދަމްބަރަމް ކަމަށެވެ.

އިިދިކޮޅު ކޮންގްރެސް ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ޗިދަމްބަރަމް ވިދާޅުވީ އޭނާގެ އަގު ވައްޓާލުމުގެ ބޭނުމުގައި ދައުވާއެއް އުފުލުމަށް ސީބީއައިގެ މައްޗަށް ސިޔާސީ ގޮތުން ނުފޫޒް ފޯރުވާފައިވާ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ވެރިކަމުގައި ޗިދަމްބަރަމް ވަނީ ދެ ފަހަރެއްގެ މަތިން މާލީ ވަޒީރުކަން އަދި ދާޚިލީ ވަޒީރުކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.