22 ޖުލައި 2018 - 14:03

ކަރަށް ތޮޅިއެއް ހެރިގެން ނ. މާޅެންދޫ ޒުވާނަކު ރޭ މަރުވެއްޖެ އެވެ.
އދ. އަތޮޅުގެ ރަށެއް ކައިރީގައި ލަނޑާ ނަގަން އުޅެނިކޮށް މަރުވީ އަހުމަދު ހަލީމް، 29، އެވެ. އޭނާގެ ކަރަށް ތޮޅި ހެރުމުން ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އެ އަތޮޅު މަހިބަދޫ ހޮސްޕިޓަލަށެވެ.
މަހިބަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހަލީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ހާލު ވަރަށް ދެރަ ކަމަށެވެ. އެހެންވެ އިތުރު ފަރުވާ ދިނުމަށް ވަގުތުން މާލެ ފޮނުވާލީ ކަމަށް ވިދާޅުވި އެވެ.
ހަލީމް މަރުވީ ފަރުވާ ދިނުމަށް މާލެ އަށް ގެނައުމުގެ މަގުމަތީގަ އެވެ.
"ކަރަށް ވަރަށް ފުންކޮށް އެ ތޮޅި ހެރިފައި ވަނީ. އެހެންވެ ލޭ އައުން ނުހުއްޓުވުނު،" މަހިބަދޫ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.