21 ޖުލައި 2018 - 15:17

ރާޖަސްތާން (ޖުލައި 21) - އިންޑިއާގެ ރާޖަސްތާނުގެ އަލްވާރު އަވަށުގައި ގެރިއެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް މުސްލިމަކަށް ހަމަލާދީ ރޭ މަރާލައިފި އެވެ.
ފުލުހުން ބުނީ މަރާލާފައި ވަނީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާ އަށް ހަމަލާ ދިނީ ޖަންގަލީގެ ތެރޭން ގެރިއެއް ހިފައިގެންދާ މަންޒަރު ބަޔަކަށް ފެނުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މުސްލިމް މީހާ އުޅުނީ ގެރިއެއް ވަގަށް ނަގަން ކަމެއް ވެސް ނޭނގޭ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި. އޭނާ އަށް ހަމަލާ ދިން މީހުން ހޯދާ ހައްޔަރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" އަލްވާރު އަވަށުގެ ފުލުހުންގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ގެރިއެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި މުސްލިމަކު މަރާލާފައި މި ވަނީ ގްރޫޕް ހަދައިގެން ދޭ ހަމަލާތައް ހުއްޓުވަން އަދަބު ކަނޑައަޅަން އިންޑިއާގެ ސުޕްރީމް ކޯޓުން އެންގިތާ ހަތަރު ދުވަސް ފަހުންނެވެ. ސުޕްރީމް ކޯޓުގެ އަމުރު މި ގޮތަށް އައި ނަމަވެސް ރާޖަސްތާނުގެ ޗީފް މިނިސްޓަރު ގުލާބު ޗާންދު ކަޓާރިއާ ވިދާޅުވީ ގެރި ގެންގުޅޭ މީހުންނަށް ދޭ ހަމަލާތައް ހުއްޓުވަން އާ ގާނޫނެއް ބޭނުން ނުވާ ކަމަށެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު ވެސް ވަނީ ރާޖަސްތާނުގެ އަލްވާރުގައި ގެރިއެއް ގެންގުޅުނު 55 އަހަރުގެ މުސްލިމަކު މަރާލައިފަ އެވެ.