ޒީ ސްޓޫޑިއޯއާ އެކު ޝާހިދު ތިން ފިލްމަކަށް އެއްބަސްވެއްޖެ
ޒީ ސްޓޫޑިއޯއާ އެކު ޝާހިދު ތިން ފިލްމަކަށް އެއްބަސްވެއްޖެ

އެކްޓަރު ޝާހިދު ކަޕޫރް ޒީ ސްޓޫޑިއޯސްއާ އެކު ތިން ފިލްމަކަށް އެއްބަސްވުން ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް އެ ފިލްމްތަކާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފަ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހިދާއި ޒީ ސްޓޫޑިިއޯސްގެ އެއްބަަސްވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ހެދި އެއްބަސްވުމެކެވެ.

އެހެންވެ އެ މުއްދަތުގެ ތެރޭގައި އޭނާ ލީޑް ރޯލް ކުޅޭ ތިން ފިލްމެއް ޒީން ބެލުންތެރިންނަށް ގެނެސް ދޭނެ އެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރު ކުރީކޮޅު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސެޕްޓެމްބަރު 21 ގައި ރިލީޒް ކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" އިންނެވެ.

ޝާހިދު، 37، ސޮއިކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން އާއި ރާޖާ ކްރިޝްނާ މެނަންގެ ކަބައްޑީ ފިލްމެއްގެ އިތުރުން "ބައްތީ ގުލް މީޓަރު ޗާލޫ" ގެ ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގްގެ އިތުރު ފިލްމެއް ހިމެނެ އެވެ.