"ޓޮޕް ގަން: މެވެރިކް" ގެ ރޯލަކަށް ޖެނިފާ ކޮނެލީ ސޮއިކޮށްފި
"ޓޮޕް ގަން: މެވެރިކް" ގެ ރޯލަކަށް ޖެނިފާ ކޮނެލީ ސޮއިކޮށްފި

ޓޮމް ކްރޫޒްގެ ފިލްމް "ޓޮޕް ގަން" ގެ ސީކްއެލް "ޓޮޕް ގަން: މެވެރިކް" ގެ ރޯލަކަށް ޖެނިފާ ކޮނެލީ ސޮއިކޮށްފި އެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި 47 އަހަރުގެ ބަތަލާ ކުޅޭ ކެރެކްޓާއަކީ އެއާ ބޭސްއެއްގައި މަސައްކަތް ކުރާ އެކަނިވެރި މައެއްގެ ރޯލެވެ.

ޕެރަމައުންޓާއި ސްކައި ޑާންސުން ގެނެސްދޭ ފިލްމް ޑައިރެކްޓް ކުރާނީ "އޮބްލިވިއަން" ގެނެސް ދިން ޖޯއޯ ކޮންސިންސްކީ އެވެ. "ޓޮޕް ގަން: މެވެރިކް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ފުރަތަމަ ބައިގައި ވެސް ހިމެނުނު ވަލް ކިލްމާ އޭނާ ކުރިން ވެސް ކުޅުނު ޓޮމް "އައިސްމަން" ކަޒަންސްކީގެ ކެރެކްޓާ އިން ފެނިގެން ދާނެ އެވެ.

މި ފަހަރު "އޮންލީ ދަ ބްރޭވް" ގެ އެކްޓަރު މައިލް ޓެލާ ވެސް ފިލްމްގެ މުހިއްމު ރޯލެއް ކުޅެ އެވެ.

"ޓޮޕް ގަން: މެވެރިކް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖުލައި، 12، 2019 ގަ އެވެ. ކްރޫޒް ޕައިލެޓެއްގެ ރޯލުން ފެނިގެންދާ ފިލްމްގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސް ދިނީ މީގެ 32 އަހަރު ކުރިން 1986 ގަ އެވެ.

އެ ފިލްމަށް ބޮކްސް އޮފީހުގައި 350 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.