ސައިފް އަލީ ހާންގެ ކްލޯތިން ލައިނެއް ލޯންޗް ކުރަނީ
ސައިފް އަލީ ހާންގެ ކްލޯތިން ލައިނެއް ލޯންޗް ކުރަނީ

ސައިފް އަލީ ހާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ސްޓައިލިޝް އެކެކެވެ. އޭނާ ހެދުން އަޅާ ގޮތް ނަކަލުކުރުމަކީ އަބަދު ވެސް ޒުވާނުންގެ ތެރޭގައި އޮންނަ ކަމެކެވެ. އެހެންވެ ސްޓައިލަށް ލޯބި ކުރާ މީހުންނަށް އޮތީ އުފާވާ ކަހަލަ ވާހަކައެކެވެ.

ސައިފް އަލީ ހާންގެ ކްލޯތިން ލައިނެއް ލޯންޗް ކުރަނީ
ސައިފް އަލީ ހާންގެ ކްލޯތިން ލައިނެއް ލޯންޗް ކުރަނީ

އޭނާގެ އަލަމާރީގައި ހުރި ކަހަލަ ހެދުންތައް ދެން މާ ގިނަ ދުވަހެއް ނުވެ ކޮންމެ މީހަކަށް ވެސް ގަންނަން ލިބޭނެ އެވެ. ސައިފްގެ ފެޝަން ލޭބަލަށް ދީފައިވާ ނަމަކީ "ދަ ހައުސް އޮފް ޕަޓޯޑީސް" އެވެ. މި ބްރޭންޑްގެ ޓެގްލައިނަކީ "ރޯޔަލްޓީ ޝުޑުންޓް ބީ ލަގްޒަރީ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިރިހެނުންނަށް ހާއްސަކޮށްގެން ސައިފް، 47، ލޯންޗް ކުރާ "ދަ ހައުސް އޮފް ޕަޓޯޑީސް" ގެ ބްރޭންޑް އެމްބެސެޑަރަކަށް ވާނީ އަންހެނުން އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރެވެ.

ނަމަވެސް ކްލޯތިން ލޭބަލްއާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލަކަށް ނުގޮސް ސައިފް ބުނީ އަމިއްލަ ފެޝަން ލޭބަލެއް ލޯންޗް ކުރަން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ.

"އަހަންނަށް ހީވަނީ މިއީ މިހާރު އެކަން ކުރަންވީ ދަނޑިވަޅުހެން،" މިހާރު "ހަންޓާ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ އެކްޓަރު ޕިންކްވިލާ އަށް ބުންޏެވެ.

ބޮލީވުޑްގެ މަޝްހޫރު ބައެއް ފަންނާނުން މިހާރު ވެސް އެ މީހުންގެ އަމިއްލަ ކްލޯތިން ލޭބަލްތައް ލޯންޗްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރް، ކަންގަނާ ރަނާވަތު، އާލިއާ ބަޓް އަދި ސޯނަމް ކަޕޫރް ހިމެނެ އެވެ.

މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ވެސް އަންނަނީ ކްލޯތިން ލޭބަލެއް ލޯންޗް ކުރަން ތައްޔާރުވަމުންނެވެ.