ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމެއް އަނެއްކާވެސް ހަދަނީ
ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމެއް އަނެއްކާވެސް ހަދަނީ

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހެދި ފިލްމް "ސަންޖޫ" ގެ ބޮޑު ކާމީޔާބީއާ ގުޅިގެން، އަނެއްކާ ވެސް އެހެން ޑައިރެކްޓަރަކު ސަންޖޭގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

އުމުރުން 58 އަހަރުގެ އެކްޓަރުގެ ވާހަކަ ބޮޑު ސްކްރީނަން ގެނެސްދޭން ނިންމާފައި ވަނީ ރާމް ގޯޕާލް ވަރްމާ (އާރްޖީވީ) އެވެ. މުމްބާއީ މިރާ އަށް އޭނާ ވަނީ ސަންޖޭގެ ފިލްމެއް ހަދާކަން ކަށަވަރުކޮށް ދީފަ އެވެ.

ނަމަވެސް އެއާ ބެހޭ އެއްވެސް ތަފުސީލެއް ދޭން އާރްޖީވީ ވަނީ އިންކާރުކޮށްފަ އެވެ.

"އަހަރެން ނިންމައިފިން ސަންޖޭގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން،" އޭނާ ބުންޏެވެ. "އެ މަސައްކަތަށް ތައްޔާރުވަމުން މި އަންނަނީ."

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާރްޖީވީ ހަދާ ފިލްމްގެ މައިގަނޑު ބިނާކުރާނީ ސަންޖޭގެ މައްޗަށް ސާބިތުވި ޓެރަރިޒަމްގެ މައްސަލަ އާއި އެކަމާ ގުޅިގެން ދެން އޭނާގެ ހަޔާތަށް ކުރިމަތިވި ކަންތައްތަކަށެވެ. އަންޑަ ވޯލްޑް ޑޮންއެއް ކަމަށްވާ އަބޫ ސަލީމް އިސްކޮށް ހުރެގެން މުމްބާއީ އަށް 1993 ގައި ދިން ޓެރަރިސްޓް ހަމަލާގައި ސަންޖޭ ވެސް ތާށިވެ، އޭނާގެ މައްޗަށް ކުށް ސާބިތުގެ ޖަލު ހުކުމް ތަންފީޒުކޮށްފައިވެ އެވެ.

މި މައްސަލާގައި ސަންޖޭ އެންމެ ފަހުން ފަހުން ޖަލަށްވީ 2013 ގަ އެވެ. އަދި އޭނާ ހުކުމް އެއްކޮށް ތަންފީޒުކޮށް އޭނާ މިނިވަންވީ 2016 ގަ އެވެ.

ރާޖް ކުމާރް ހިރާނީ ޑައިރެކްޓް ކުރި "ސަންޖޫ" ގައި ސަންޖޭގެ ފިލްމީ ކެރިއަރުގައި ފެށިގެން އަންނަ ގޮތާއި އޭނާގެ ޖަލު މިނިވަންވުމާ ހަމައަށް ހިނގާފައިވާ ކަންތައްތަކެއް ދައްކުވައި ދީފައި އެވެ. އެ ފިލްމްގެ މަންޒަރެއްގައި ސަންޖޭގެ ރޯލް ކުޅުނު ރަންބީރް ކަޕޫރް، އޭކޭ 47 ގެ ރައިފަލެއް ގެންގުޅޭ ވާހަކަ ބުނެ އެވެ. އެއީ މުމްބާއީ އަށް ދިން ހަމަލަ އާއި އާއި ސަންޖޭއާ އެންމެ ބޮޑަށް ގުޅުވައިގެން ދެކެވުނު އެއް ވާހަކަ ވެސް މެ އެވެ.

ސަންޖޭގެ ވާހަކަ އާރްޖީވީ ބޮޑު ސްކްރީނަށް ގެންނަން ނިންނި ނަމަވެސް އޭނާގެ ފިލްމްގައި ސަންޖޭގެ ރޯލް ކުޅޭނީ ކޮން އެކްޓަރެއް ކަމެއް ވެސް އަދި ނޭނގެ އެވެ. ސަންޖޭ ވަނީ އާރްޖީވީއާ އެކު ބައެއް ފިލްމްތަކުގައި މަސައްކަތްކޮށްފަ އެވެ.

އެ ދެ މީހުން އެކުގައި އެންމެ ފަހުން މަސައްކަތް ކުރި ފިލްމަކީ 2012 ގައި ރިލީޒް ކުރި "ޑިޕާޓްމަންޓް" އެވެ. މީގެ އިރުތުން ދޯޅް (1997) ވެސް ހިމެނެ އެވެ.

އޭނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން އާރްޖީވީ ނިންމި ނަމަވެސް މިކަމާ ބެހޭ ގޮތުން ސަންޖޭ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އޭނާގެ އޮޓޯބައޮގްރަފީ އަންނަ އަހަރުގެ ޖުލައި މަހުގެ 29 ގައި ފާހަގަ ކުރާ 60 ވަނަ ދުވަހު ނެރެން ވެސް ވަނީ ނިންމައިފަ އެވެ. ސަންޖޭ ދެން އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ މި މަހުގެ 27 ގައި ރިލީޒް ކުރާ "ސާހިބް ބީވީ އޯރް ގޭންގްސްޓާ" އިންނެވެ.