20 ޖުލައި 2018 - 23:18

ހުޅުމާލޭގައި މިރޭ ޒުވާނެއްގެ ހަތް ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ މިރޭ 9:30 ހާއިރު، ޒަހަމްކޮށްލާފައިވާ 24 އަހަރުގެ ޒުވާނަކު ހޮސްޕިޓަލަށް ގެނައި ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އޭނާގެ ހަތް ތަނަކަށް ވަޅި ހަރާފައި ވިޔަސް ހާލު އެހާ ސީރިއަސް ނޫން ކަމަށްވެ އެވެ.
މި މާރާމާރީއާ ބެހޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ހުޅުމާލޭގައި ރޭ ވެސް މާރާމާރީއެއް ހިންގާފައިވެ އެވެ. ފަހަކަށް އައިސް ހުޅުމާލޭގައި ގްރޫޕް މާރާމާރީތައް ވަނީ އިތުރުވެފަ އެވެ.