19 ޖުލައި 2018 - 14:58

ވޮޝިންޓަން (ޖުލައި 19) - އެއާ ފޯސް ވަންގެ ދެ ބޯޓު ގަތުމަށް ބޯއިން ކުންފުންޏާ އެކު 3.9 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
އެމެރިކާގެ ރައީސް ދަތުރު ކުރައްވަން ތައްޔާރު ކުރާ ދެ ބޯޓު ވައިޓް ހައުސް އަށް ހަވާލު ކުރާނީ 2024 ވަނަ އަހަރު އެވެ. މިހާރު ބޭނުން ކުރާ އެއާ ފޯސް ވަންގެ ބޯޓުތަކަށް ވަނީ 31 އަހަރުވެފަ އެވެ.
ވައިޓް ހައުސް އިން ބުނީ ބޯޓުތައް ތައްޔާރު ކުރަން ކުރިން ކަނޑައެޅި 5.3 ބިލިއަން ޑޮލަރުގެ އަގުގެ ތެރޭން 1.4 ބިލިއަން ޑޮލަރު އުނިކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓަކުން ވަނީ ސުވާލު އުފެދިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ބޯއިން 747 ގެ އެއާ ފޯސް ވަންގެ ދެ ބޯޓު އެމެރިކާގެ މުސްތަގްބަލްގެ ރައީސް އަށް ތައްޔާރު ކުރެވޭ އިރު އަގުތައް ވަނީ ކޮންޓްރޯލުން ނައްޓާލާފައި ކަމަށެވެ.
ޓްރަމްޕް ފަހުން ވިދާޅުވެފައި ވަނީ އެއާ ފޯސް ވަންގައި މިހާރު ހުންނަ ހުދާއި ނޫ ކުލައިގެ ބަދަލުގައި އާ ބޯޓުގެ ކުލަތައް ރަތާއި ހުދު އަދި ނުލަށް ބަދަލު ކުރާނެ ކަމަށެވެ. ބޯއިން 747 ގެ ޖަމްބޯ ބޯޓު ތައްޔާރު ކުރާނީ އެމެރިކާގެ ރައީސް އަށް ބޭނުންވާ ސަލާމަތީ ބަދަލުތައް ގެނެސްގެންނެވެ.