113 އަހަރު ކުރިން ފައްތާލި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓެއް ހޯދައިފި
113 އަހަރު ކުރިން ފައްތާލި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓެއް ހޯދައިފި

ސޯލް (ޖުލައި 19) - މީގެ ގާތްގަނޑަކަށް 113 އަހަރު ކުރިން ފައްތާލި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓެއް ސައުތު ކޮރެއާގެ ޔުލެއުންގްޑޯ އައިލެންޑުގެ ބޭރުން ކަނޑު އަޑިން ހޯދައިފި އެވެ.

113 އަހަރު ކުރިން ފައްތާލި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓެއް ހޯދައިފި
113 އަހަރު ކުރިން ފައްތާލި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓެއް ހޯދައިފި

ދިމިތުރި ޑޮންސްކޮއި ނަމަކަށް ކިޔާ ބޯޓު ހޯދައިފި ކަމަށް މީގެ ކުރިން ވެސް ބައެއް ކުންފުނިތަކުން ބުނެފައިވެ އެވެ. ނަމަވެސް އެ ބޯޓު ފެންމައްޗަށް ނެގިފައެއް ނުވެ އެވެ. އެ ބޯޓުގައި ޚާޒާނާއެއް ހުރި ކަމުގެ ވާހަކަތަކާ އެކު ބޯޓު ހޯދުމުގެ މަސައްކަތް އެތައް ކުންފުންޏަކުން ކޮށްފައިވެ އެވެ. ދިމިތުރި ޑޮންސްކޮއި ހޯދާފައި ވަނީ ސައުތު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ޝިނިލް ގްރޫޕުންނެވެ. އެ ކުންފުނިން ވަނީ އެ ބޯޓުގެ ފޮޓޯތައް ވެސް އާއްމުކޮށްފަ އެވެ.

ޝުޝިމާ ހަނގުރާމަ އިން ޖަޕާން ކާމިޔާބު ހޯދުމާ ގުޅިގެން ދިމިތުރި ޑޮންސްކޮއިގެ ފަޅުވެރިން އެ ބޯޓު ފައްތާލީ 1905 ވަނަ އަހަރު އެވެ. އަޑު ފެތުރިފައިވާ ގޮތުގައި އެ ބޯޓު ދަތުރު ކުރީ ޕެސިފިކުގައިވާ ރަޝިޔާގެ ފްލީޓަށް ރަން ހިފައިގެންނެވެ. އެއީ އެ ފްލީޓުގެ ފަޅުވެރިންނަށް މުސާރައިގެ ގޮތުގައި ރަން ދިނުމަށާއި ޑޮކިން ފީގެ ގޮތުގައި ވެސް ރަން ދިނުމަށެވެ. ބޯޓުގައިވާ ރަން ފެނިއްޖެ ނަމަ އެއީ މިހާރުގެ އަގުން ބަލާ ނަމަ އެތައް ބިލިއަން ޑޮލަރެވެ. ނަމަވެސް އެ ބޯޓުން ރަން އުފުލި ކަމުގެ ސާބިތު ހެއްކެއް ނެތެވެ. ހަނގުރާމަ މަތީ ބޯޓަކަށް ރަން އަރުވައިގެން ދަތުރުކޮށްފާނެތޯ އެތައް ބަޔަކު މިހާރު ވެސް ސުވާލު އުފައްދަ އެވެ.

އެކަމަކު ޖަޕާނާއި ސައުތު ކޮރެއާގެ އެތައް ކުންފުންޏަކުން ވަނީ ވޭތުވެދިޔަ ގަރުނެއްހާ ދުވަހު އެ ބޯޓު ހޯދަން މަސައްކަތް ކޮށްފަ އެވެ.