02 އޯގަސްޓް 2016 - 06:37
މިފަހަރުގެ ސްޓައިލް ވީޑިއޯގައި އެ ވަނީ ކައިވެނި ޕާޓީ ފަދަ ހާއްސަ މުނާސަބަތަކަށް ހިތްގައިމު މޭކަޕް އަދި ހެއާ ސްޓައިލެކެވެ.
ހީޓް ސެލޫނުގައި މޭކަޕް އާޓިސްޓް ރިޒްނާ އަހްމަދު ގެނެސްދީފައި މި ވަނީ ޒަމާނީ ރީތި މޭކަޕެކެވެ. ވީޑިއޯގައި ދައްކާލާ މޭކަޕަކީ ގިނަ ދިވެހިންގެ ހަމުގެ ކުލައާ ގުޅޭ މޭކަޕެކެވެ. އަދި ބުރުގާ އަޅާ މީހުން ޖައްސާލަން ނަލަ މޭކަޕެކެވެ. ހީޓްގެ ހެއާ ސްޓައިލިސްޓް ރަމާލް އިސްތަށިގަނޑު ދޫކޮށް ސްޓައިލް ކޮށްލެވޭނެ ގޮތެއްވެސް ހުށަހަޅައިދެ އެވެ.
މި ވީޑިއޯގައި މޮޑެލްކޮށްފައި ވަނީ ހީޓްގެ އެމްބެސަޑާ ބަތޫލް އަހްމަދެވެ.