ބޮޑީބްލެންޑްޒް ސްކްރަބް މަގުބޫލުކަން ހޯދަނީ
ބޮޑީބްލެންޑްޒް ސްކްރަބް މަގުބޫލުކަން ހޯދަނީ

ގައިގައި އުނގުޅާ ސްކްރަބްސް އަކީ މިހާރު މަގުބޫލު ވަމުން އަންނަ ބިއުޓީ ޕްރޮޑަކްޓެކެވެ. ސްކްރަބްސް އަކީ ގައިގެ ހަންގަނޑު އޮމާންކޮށްދީ މަޑުކޮށް އުޖާލާ ކޮށްދޭ އެއްޗެކެވެ. ބާޒާރުން ވަރަށް ގިނަ ވައްތަރުތަކުގެ ސްކްރަބް ލިބެން ހުއްޓަސް އޭގެ ތެރެއިން ހަންގަނޑަށް ފައިދާކުރާ އެއްޗެއް މަދެވެ.

ސްކްރަބްސް ބްރޭންޑްތަކުގެ ތެރެއިން "ބޮޑީބްލެންޑްޒް" މިހާރު ވަނީ މަގުބޫލުކަން ހޯދައިފަ އެވެ.

ބޮޑީބްލެންޑްޒަކީ ހަމައެކަނި ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން އޮސްޓްރޭލިއާގައި އުފައްދާ ޕްރޮޑަކްޓެކެވެ. މީގެ ކޮންމެ ވައްތަރެއްގެ ޕެކެޓަކުން ވެސް ކޮފީގެ ހިތްގައިމު ވަސް ދުވަ އެވެ. ކޮފީ ސްކްރަބްގެ އިތުރުން ބްރައުން ޝުގާ، ކާށި، އޯޓްސް، އާމަންޑް، އޮރެންޖު އަދި ލޮނު ފަދަ ބާވަތްތައް ހުންނަ ސްކްރަބްސް މި ބްރޭންޑުން އުފައްދަ އެވެ.

ކައިވެނި ނުވަތަ ހާއްސަ ހަފުލާއަކަށް ތައްޔާރުވާން ޑައެޓްކޮށް، ކަސްރަތު ކުރުމުގެ އިތުރުން އަންހެނުން ގައިގެ ހަންގަނޑަށް އުޖާލާކަން ގެންން ވެސް މަސައްކަތް ކުރެ އެވެ. ފަޔާއި ބަނޑުގައި ހުންނަ ސެލުލައިޓް ނުވަތަ ފެޓްގެ ސަބަބުން ރޫޖެހި ނުވަތަ އަޑިކޮޅުތައް ހެދިފައި ހުންނަ ތަންތަން ނައްތާލަން ޑްރައި ބްރަޝް ކުރުމުގެ އިތުރުން ސްކްރަބް ކުރުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ.

ބޮޑީބެލެންޑްޒްގެ ކޮފީ ސްކްރަބަކީ ހަންގަނޑަށް ފައިދާ ހުރި ވައްތަރެކެވެ. ކޮފީ ގްރައިންޑު ގައިގެ ސެލުލައިޓް ހުންނަ ތަންތަނުގައި އުނގުޅާލުމުން ސެލުލައިޓް ނައްތާލައި ހަންގަނޑު އުޖާލާކޮށް އޮމާން ކޮށްދެ އެވެ. ބޮޑީބްލެންޑްޒް ބޭނުންކުރި ގިނަ މީހުންނަށް ވަނީ ހަންގަނޑު ރީތިވާކަން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފާހަގަވި ކަމަށް ބުނެފަ އެވެ. އަދި އެލާޖީގެ މައްސަލަ ވެސް ކުޑަ ކަމަށްވެ އެވެ.