ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް
ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް

ޒަގްރަބް (ޖުލައި 18) - ވޯލްޑް ކަޕުގައި ކްރޮއޭޝިއާ ކުޅުނު މެޗުތައް ބައްލަވަން ރަޝިޔާ އަށް ވަޑައިގެންނެވި ހިސާބުން އެ ގައުމުގެ ރައީސާ ކޮލިންޑާ ގްރަބާ-ކިޓަރޯވިޗަށް ލިބެން ފެށި ތައުރީފް ބޮޑެވެ. މެޗުތައް ބައްލަވަން އެކަމަނާ ޝެޑިއުލް ފްލައިޓްގައި އާއްމުންނާ އެކު ވަޑައިގެން، އާއްމުންނާ އެކު ގޮނޑިތަކުގައި ކުޅިބައްލަވަން އިންނެވި މަންޒަރުތައް ފެނުމާ އެކު އެތައް ބައެއްގެ ލޯބި ކިޓަރޯވިޗަށް ލިބުނެވެ.

ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް
ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް

ނަމަވެސް ފައިނަލްގައި ފްރާންސް އަތުން 4-2 އިން ކްރޮއޭޝިއާ ބަލިވުމުން ޓީމަށް އެކަމަނާ ދެއްވި ހިތްވަރުން އަދި މާގިނަ ބައެއްގެ ލޯބި ކިޓަރޯވިޗް ހޯއްދަވައިފި އެވެ. ފައިނަލުން ބަލިވުމުން ކެޕްޓަން ލޫކާ މޮޑްރިޗަށް ކުރި އަސަރުން އޭނާ ރޮމުން ދިޔަ އިރު މޮޑްރިޗް މަސަލަސް ކުރީ ކިޓަރޯވިޗް އެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ ހަވާލުވާން މޮޑްރިޗް ސްޓޭޖަށް އެރި އިރު އޭނާ އަށް ކޮފައިވާ އަސަރުން ހުރީ ރޮވިފަ އެވެ. އެ ވަގުތު ކިޓަރޯވިޗް ވަނީ މޮޑްރިޗް ގައިގައި ބައްދާލުމަށް ފަހު ލޮލުން ކަރުނަ ފުހެދީފަ އެވެ. ކިޓަރޯވިޗަށް ކޮށްފައިވާ އަސަރުން އެކަމަނާގެ ލޮލުން ވެސް ހުރީ ކަރުނަ ފޭދިފަ އެވެ.

ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް
ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް

އިނާމު ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔަ އިރު ބޯކޮށް ވާރޭ ވެހެން ފެށުމާ އެކު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ބޮޑީގާޑުން ވަނީ ކުޑަ ގެނެސް ޕުޓިން ވާރޭ އިން ނިވާކޮށްދީފަ އެވެ. އެކަމަކު ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ހުދާއި ރަތުގެ ގޮޅިތަކުގެ ގައުމީ ޖޯޒީގައި ހުންނެވި ކިޓަރޯވިޗް ފެނުނީ ވާރެއާ ތެމިގެން ހުންނަވައި ކުޅުންތެރިންނަށް ހިތްވަރު ދެއްވި މަންޒަރެވެ.

ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް
ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް

މި މަންޒަރުތަކާ އެކު ސޯޝަލް މީޑިއާގައި އަދިވެސް ދަނީ އެތައް ބަޔަކު ކިޓަރޯވިޗް އަށް ތައުރީފް ކުރަމުންނެވެ. އެއް ބަޔަކު ބުނި ގޮތުގައި ދުނިޔޭގެ ތަށި ލިބުނީ ފްރާންސަށެވެ. އެކަމަކު ދުނިޔޭގެ ހިތްތައް ލިބުނީ ކްރޮއޭޝިއާގެ ރައީސް އަށެވެ.

ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް
ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް

"ފައިނަލް މެޗުން ބަލިވުމުން ވެސް ކްރޮއޭޝިއާގެ ރައީސް ދެއްކެވި ހިތްވަރުން އުފަލުން ހިތް ހަލާކުވެއްޖެ،" މީހަކު ކޮށްފައިވާ ޓްވީޓެއްގައިވެ އެވެ.

ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް
ދުނިޔޭގެ ތަށި ފްރާންސް އަށް، ދުނިޔޭގެ ހިތްތައް ކްރޮއޭޝިއާގެ ރައީސާ އަށް

އެނެކަކު ބުނި ގޮތުގައި ހަގީގީ ކާމިޔާބު ލިބުނީ ގައުމީ ޖޯޒީގައި ވާރޭގައި ހުންނަވައި ރޮމުން ދިޔަ ކްރޮއޭޝިއާގެ ރައީސަށެވެ. އެހެން މީހަކު ބުނެފައި ވަނީ ކްރޮއޭޝިއާގެ ރައީސާ ވާރޭގައި ހުންނަވާ ކޮންމެ ކުޅުންތެރިއެއްގެ ގައިގައި ބައްދާލެއްވުމަށް ފަހު ދެއްކެވި އިންސާނީ ލޯބީގެ މައްޗަށް އެހެން ކަމެއް ނުގެނެވޭނެ ކަމަށެވެ.

ފައިނަލް މެޗުގެ ކުރިން ވެސް ކިޓަރޯވިޗް، 50، ވިދާޅުވެފައި ވަނީ ރަން ނުވަތަ ރިހި މެޑަލް ލިބުނު ނަމަވެސް ކްރޮއޭޝިއާ މިހާރު ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީގައި ކަމަށެވެ. ގްރޫޕް ސްޓޭޖުގެ އެއް މެޗު ފިޔަވައި ކްރޮއޭޝިއާ ކުޅުނު ހުރިހާ މެޗަކަށް އެކަމަނާ ވަޑައިގެންނެވި އެވެ. އިންގްލެންޑް އަތުން ކްރޮއޭޝިއާ މޮޅުވި ސެމީ ފައިނަލް މެޗަށް ވަޑައިނުގެންނެވުނީ ނޭޓޯ ސަމިޓަށް ބްރެސަލް އަށް ވަޑައިގަންނަވަން ޖެހުމުންނެވެ.

ވޯލްޑް ކަޕް ތަށި ނުލިބުނު ނަމަވެސް ކްރޮއޭޝިއާގެ ޓީމު ގައުމަށް ދިއުމުން ވަނީ ބަތަލުންގެ ދަރަޖައިގެ މަރުހަބާއެއް ކިޔައިފަ އެވެ.