ލިޓަސް ހޯމް ސެންޓަރުން "ލެޓްސް ކުކް" ކެމްޕެއިނެއް ފަށައިފި
ލިޓަސް ހޯމް ސެންޓަރުން "ލެޓްސް ކުކް" ކެމްޕެއިނެއް ފަށައިފި

ލިޓަސް ހޯމް ސެންޓަރުން "ލެޓްސް ކުކް"ގެ ނަމުގައި ޕްރޮމޯޝަން ކެމްޕޭނެއް މިދިޔަ ހޯމަ ދުވަހު ފަށައިފި އެވެ.

އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަން އަންނަ މަސް ނިމެންދެން ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން 1،500 ރުފިޔާއަށް ވުރެ މަދު ނޫން އެއްޗެއް ގަންނަ ފަރާތްތަކަށް، އެ އެއްޗެއް ގަތުމަށް ފަހު އެންމެ ފުރަތަމަ ކައްކާނެ ކާނާއަށް ބޭނުންވާނެ ތަކެތި ފޯރޮކޮށްދޭނީ ލިޓަސް އިންނެވެ.

މި ޕްރޮމޯޝަންގައި 1،500 ރުފިޔާއަށް ވުރެ މަތިން އެއްޗެއް ގަންނަ ފަރާތަކަށް އެ ފިހާރައިން އެކި ކާނާ ތައްޔާރު ކުރާ ރެސިޕީތަކެއް ދައްކާނެ އެވެ. އަދި އެ މީހަކަށް އެންމެ ކަމުދާ ކާނާ ހަދަން ބޭނުންވާ ތަކެތި އެ މީހެއްގެ ގެއަށް ލިޓަސް ހޯމް ސެންޓަރުން ފޯރުކޮށްދޭނީ މާލެއާއި މާލެ ކައިރީ އުލޭ މީހުންނަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ފިހާރައިން އެއްޗެއް ގަތުމަށްފަހު އެންމެ ފުރަތަމަ ކައްކާ އެއްޗަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން،" މި ޕްރޮމޯޝަނާއި ގުޅިގެން ލިޓަސްގެ ސޭލްސް އެންޑް މާކެޓިންގްގެ ސީނިއާ މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބޭނުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ގާތް ގުޅުމެއް ބާއްވަން."

ރާއްޖެއަށް ކޮލިޓީ ރަނގަޅު ބަދިގެއަށާއި ގެތެރެއަށް ބޭނުންވާ ސާމާނު އުފައްދާ ދުނިޔެ އިތުބާރު ކުރާ ތުރުކީގެ "ބެކޯ" ބްރޭންޑާއި، މެލޭޝިއާގެ "ޕެނަސޮނިކް" ބްރޭންޑު ވެސް ލިޓަސް ހޯމްސެންޓަރުން ލިބޭނެ އެވެ.