18 ޖުލައި 2018 - 10:12

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އޮފީހުގެ ބޭރާއި އެތެރޭގެ ދޮރެއްގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީ އޮފީހަށް ގެއްލުން ދިން ކަމުގެ ރިޕޯޓު ލިބުނީ ރޭ 12:53 ހާއިރު ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިއަސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުޅުމާލެއަށް ވަޑައިގެން އުޅުއްވަނިކޮށް އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ބަޔަކު ހަމަލާދޭން ވެސް މި ފަހުން ބަޔަކު ވަނީ މަސައްކަތް ކޮށްފަ އެވެ. އެ ދަތުރުގައި އެމްޑީޕީގެ ބައެއް އިސް ވެރިންގެ ގަޔަށް ކަޅު ތެޔޮ ވެސް ޖެހި އެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.