22 ޖުލައި 2018 - 06:50

ބުރަ މަސައްކަތުގައި އުޅުނަސް، މަގުމައްޗަށް ނުކުމެ ހިނގާލިޔަސް ބައެއް ފަހަރު މޫސުން އޮންނަ ގޮތުން މީހާގެ ތާޒާކަން ގެއްލި ދާހިއްލައެވެ. މިއީ ގިނަ ފަހަރަށް މަސައްކަތަށް ހުންނަ ޝައުގުވެރިކަމާއި މީހުން ތެރެއަށް ނުކުމެ އުޅުމަށް އެޅޭ ހުރަހަކަށްވެދެއެވެ.
ކޫލާ ސޯލޯ ފްލޭޝް އިވޭޕަރޭޓިވް އެއާ ކޫލަރަކީ މި މައްސަލަ އަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ހައްލަކަށް ވާނެ އެވެ. މިއީ މޭޒުމަތީ ބަހައްޓާ އެއާކޯނެކެވެ.
ކޫލާ ސޯލޯ މަސައްކަތްކުރަނީ ތިން ލީޓަރު ފެން ޓޭންކަކާއެކުއެވެ. ޓޭންކަށް ފެން އެޅުމަށްފަހު ޖައްސާލުމުން ފިނިވައި ނުކުންނާނެއެވެ. މި ވަޔަކީ ފެނުގެ އާވިން އުފެދޭ ފިނިވަޔެކެވެ. މީގައި ތިން ދަރަޖައަކަށް ފިނިކުރެވެން ހުރެއެވެ. ކޫލާ ސޯލޯ ޖައްސާލުމަށްފަހު ތިން ފޫޓު ދުރުމިނުގައި ހުރެ ރީތިކޮށް ފިނިވައިގެ އަސަރު ފޯރާނެއެވެ. މިއީ ބޮޑު ޖާގައެއް އެއްފަހަރާ ފިނިކުރުމުގެ ބަދަލުގައި ވަކި ވަކި ފަރުދުންނަށް ފިނިކުރެވޭނެ ނިޒާމެކެވެ. މިއަށް ބޭނުންވަނީ އެންމެ 35 ވޮޓްގެ ހަކަތަ ކަމަށްވާތީ މިއީ ކަރަންޓު ޚަރަދު ކުޑަކޮށްދޭނެ އެކުވެރިއެއްވެސްމެ އެވެ.
ކޫލާ ސޯލޯއަކީ މުޅި ކޮޓަރި އެއްކޮށް ފިނިކޮށްދޭނެ ނިޒާމެއް ނޫނެވެ. އެހެނަސް ދާ ކޮންމެ ތަނަކަށް ވެސް ފަސޭހައިން އުފުލޭނެ އެއާކޯނަކަށްވާތީ ކުރާ ކޮންމެ ކަމެއްގައި ވެސް އެންމެ ގާތުގައި މި އެއާކޯން ބެހެއްޓެއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ކޮޓަރި ފިނިކުރުމަށް އެއާކޯން ޖައްސައިގެން ކުރާ ޚަރަދުން ސަލާމަތްވެއެވެ. އެއީ މުޅި ދުވަހު ތިމާ ހުންނާނީ ހެޔޮވަރު ވަރަކަށް ފިނިވެފައި ކަމަށްވާތީއެވެ. މީގެ އެއާކޯން މިހާރު އެމެޒޯންގައި ވިއްކަން ހުރީ 115.37 އެމެރިކާ ޑޮލަރަށެވެ.